ޚަބަރު

ހިޔާ ފްލެޓްތަކުގެ ކުލި ނަގަން ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ހިޔާ މަޝްރޫއުގެ ފްލެޓްތައް.. ދެން އިމޭޖްސް

ހިޔާ ފްލެޓުތަކުން އިއްޔެއިން ފެށިގެން ކުލި ނަގަން ފަށައިފިއެވެ.

Ads by Hajj Corporation

ހިޔާ ހައުސިން ޔުނިޓްގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފައި ވަނީ 7500 ރުފިޔާއެވެ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި އިތުރު 1000 ރުފިޔާއާ އެކު، ފްލެޓްތަކުގެ ވެރިން މަހަކު 8500 ރުފިޔާ އެޗްޑީސީއަށް ދައްކަން ޖެހޭނެއެވެ.

ހިޔާ ހައުސިން ޔުނިޓްތަކަށް މިހާރު ވެސް ބޮޑު އާބާދީއެއް ވަނީ ދިރިއުޅުން ބަދަލުކޮށްފައެވެ. އެގޮތުން ހިޔާގެ ދެހާހެއްހައި އެޕާޓްމަންޓަށް އާއިލާތަކުން ބަދަލުވެފައިވާ އިރު، އެއީ 10000އެއްހާ މީހުންގެ އާބާދީއެކެވެ.

ހިޔާ ފްލެޓްތަކަށް ކުލި ދެއްކުން ސަރުކާރުން ތިން ފަހަރެއްގެ މަތިން ފަސްކޮށްފައިވާ އިރު، އެންމެ ފަހުން ސަރުކާރުން ފަސްކޮށްދިން މުއްދަތު ހަމަވުމުން އެޗްޑީސީން ވަނީ ފްލެޓްތަކަށް ކުލި ދެއްކުމަށް އަންގައިފައެވެ.

Ads by Ooredoo
  1. މުހަންމަދުމަނިކު

    ހިޔާފުލެޓުތަކުން ކުލިނެގުމުގެ ކުރިން އޮޅާވާލައިގެން ކަރަންޓާ ފެނަން ނަގަމުންދާ ފައިސާގެ މަށްސަލަހައްލުކުން ރަގަޅުވާނެ ކުލިދައްކަން ބޯހިޔާވަހިކަން ނެތިފަ ތިބި ފަގީރުންނަން ހަމަނެވާލައިގެން ކުލިދެއްކިދާނެ ކުއްޔަށް ވުރެ ބޮޑު އަދަދެއް ތިންމީހުން ތިބޭ އެޕާޓުމަންޓަކަން ދަށްކަން ޖެހުމަކީ އަނިޔާއެއް