ކައުންސިލްތަކަށް ޚާއްސަ ކޯލް ސެންޓަރެއް ގާއިމްކޮށްފި

ކައުންސިލްތަކަށް ހާއްސަ ކޯލް ސެންޓަރެއް އިކޮނޮމިކް މިނިސްޓްރީން ގާއިމުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މިނިސްޓްރީއިން ދެމުން ގެންދާ ޚިދުމަތްތަކާ ގުޅިގެން، ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ޓަކައި ކައުންސިލްތަކާއި މިނިސްޓްރީއާ ފަސޭހައިން ގުޅޭނެ ޚާއްޞަ ކޯލްސެންޓަރއެއް ގާއިމް ކޮށްފައިވާ ކަމަށެވެ.
މި އިންތިޒާމްގެ ދަށުން މިނިސްޓްރީން ދެމުންގެންދާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޚިދުމަތްތަކާއި ބިދޭސީންނާ ގުޅިގެން ދެމުންގެންދާ ޚިދުމަތްތަކާ ބެހޭ މަޢޫލޫމާތު ކައުންސިލްތަކުން ހޯދުމަށް ޓަކައި އެ ނަންބަރުތަކަށް ގުޅޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ.
https://twitter.com/moedmv/status/1511702031459061760?s=21&t=P7LczdIrotlu-uQas4qbfw
ކޯލަށް ވަގުތުން ޖަވާބު ނުދެވޭ ޙާލަތެއްގައި، އެ ދުވަހަކު އެ ނަންބަރުތަކަށް ގުޅި ހުރިހައި ފަރާތްތަކަށް ދުވަސް ނިމުމުގެ ކުރިން ކޯލް ސެންޓަރުން އަނބުރާ ކޯލް ރިޓާންކޮށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.






ކޮމެންޓް