ޚަބަރު

ހިޔާ ފްލެޓްތަކުގެ ކުލި ފަސްކޮށްދިނުމާ މެދު ގޮތެއް ނިންމަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން
ހުޅުމާލެ ދެވަނަ ފިޔަވަހި، ިޔާ ފްލެޓް
ހުޅުމާލެ ދެވަނަ ފިޔަވަހި، ިޔާ ފްލެޓް/ ދެން އިމޭޖްސް

މި މަހުން ފެށިގެން ހުޅުމާލޭގެ ފޭސް 2ގެ ހިޔާ ފްލެޓްތަކުން ކުލި ނަގާ ގޮތަށް ނިންމުމާ ގުޅިގެން އެކަން ފަސްކޮށްދޭން އެދި އަނެއްކާ ވެސް ޕެޓިޝަނެއް ހުށަހަޅައިފައި ވާތީ އެކަމާ މެދު ގޮތެއް ނިންމައި ޖަވާބެއް ދޭން ނިންމަވައިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސުހައިލު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ސުހައިލް ވިދާޅުވީ ކުލި ނަގަން ނިންމުމާ ގުޅިގެން މާބޮޑެތި ޝަކުވާތަކެއް މިހައިތަނަށް އައިސްފައި ނެތް ކަމަށެވެ. އަދި މިހާރު ކަނޑައަޅައިފައިވާ އަގަކީ އެތަނުން ކުލީގެ ގޮތުގައި ނެގޭނެ އެންމެ ކުޑަ އަދަދު ކަމަށް ސުހައިލް ވިދާޅުވިއެވެ.

ހިޔާ ހައުސިން ޔުނިޓްގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފައި ވަނީ 7500 ރުފިޔާއެވެ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި އިތުރު 1000 ރުފިޔާއާ އެކު، ފްލެޓްތަކުގެ ވެރިން މަހަކު 8500 ރުފިޔާ އެޗްޑީސީއަށް ދައްކަން ޖެހޭނެއެވެ.

ހިޔާ ހައުސިން ޔުނިޓްތަކަށް މިހާރު ވެސް ބޮޑު އާބާދީއެއް ވަނީ ދިރިއުޅުން ބަދަލުކޮށްފައެވެ. އެގޮތުން ހިޔާގެ ދެހާހެއްހައި އެޕާޓްމަންޓަށް އާއިލާތަކުން ބަދަލުވެފައިވާ އިރު، އެއީ 10000އެއްހާ މީހުންގެ އާބާދީއެކެވެ.

ހިޔާ ފްލެޓްތަކަށް ކުލި ދެއްކުން ސަރުކާރުން ވަނީ ތިން ފަހަރެއްގެ މަތިން ފަސްކޮށްދީފައެވެ. އެންމެ ފަހުން ސަރުކާރުން ފަސްކޮށްދިން މުއްދަތު ހަމަވުމުން އެޗްޑީސީން ވަނީ ފްލެޓްތަކަށް ކުލި ދެއްކުމަށް އަންގައިފައެވެ.

  1. އަހަރެން

    އަޅެ އެމީހުން އެކަނި ތަ މި ދިވެހިރާއްޖޭގަ އުޅެނީ؟ ފުކެއް ބޮޑުވަރު ދެން މީ. މިހީވަނީ ކުލި ނުދެއްކިގެން ހާލުގަ އުޅެނީ ހިޔާ ފްލެޓުގަ އުޅޭ މީހުން އެކަނި ހެން. ވަރަށްފޫހިވޭ.

  2. ނޫންތަޅެ

    ވާރޭ ވެހޭއިރު އުޅެންޖެހެނީ ފްލޭޓް ތެރެއާއި ހިގަން އޮންނަ ތަާފެންބޮޑުވެގެން. ވައިޖެހޭއިރު ލޮލަށާއި ބޮލަށް ހިރަފުސް. މަގުމަތި އެހައަދިރި. ޕޭމަންޓެއްނެތް. އަޅެ ދެން މިއީ ބޮޑުމެއް ނޫންތަ.