ޚަބަރު

ޓިކްޓޮކްގައި ހޫނު ބަހުސެއް: ރާއްޖޭގެ ޤައުމީ މޭވާއަކީ ކޮބާ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެހެން ޤައުމުތަކެކޭ އެއްފަދައިން ދިވެހި ރާއްޖޭގައި ވެސް، ޤައުމީ ގޮތުން ބައެއް އެއްޗެއްސަށް ޚާއްސަކަން ދީފައިވެއެވެ. ޤައުމީ މާ، ޤައުމީ ގަސް، ޤައުމީ މޭވާ އަދި ޤައުމީ ހެދުން ފަދަ ބައިތަކަށް ވެސް ވަނީ ވަކި ޚާއްސަ އެއްޗެހި އިހުތިޔާރުކޮށްފައެވެ.

Ads by MWSC

އެގޮތުން ޤައުމީ މަލަކަށް ފިޔާތޮށި ފިނިފެންމާ، ޤައުމީ ގަހުގެ ގޮތުގައި ދިވެހި ރުއް އަދި ޤައުމީ ހެދުމުގެ ގޮތުގައި ދިވެހި ލިބާސް ކަނޑައަޅައިފައިވެއެވެ.

ނަމަވެސް ޤައުމީ މޭވާއާ ބެހޭގޮތުން ދާދި ފަހުން މިވަނީ ހޫނު ބަހުސެއް ފެށިފައެވެ.

އެގޮތުން މުނިފޫހިފިލުވުމުގެ ގޮތުން ގިނަ ބަޔަކު ބޭނުން ކުރާ ޓިކްޓޮކްގައި ބިދޭސީއަކު ބައެއް ދިވެހިންނާ ވަނީ މިކަމާ ގުޅޭގޮތުން އިންޓަވިއުކޮށްފައެވެ.

އެ ވީޑިއޯއިން ފެންނަނީ ދިވެހި ދެ އަންހެނެއް ކައިރިއަށް ގޮސް، ރާއްޖޭގެ ޤައުމީ މޭވާއަކީ ކޮބައިތޯ އޭނާ ސުވާލު ކުރާ މަންޒަރެވެ. އެ ސުވާލަށް ޖަވާބު ދެމުން އެމީހުން ބުނީ އެއީ "ޕެޝަން ފްރުޓް" (ޖުމްހޫރީ މޭވާ) ކަމަށެވެ. ނަމަވެސް ބިދޭސީ މީހާ ބުނީ ޖަވާބު ނުބައި ކަމަށެވެ.

އެ ޖަވާބާ މެދު ވަރަށް ޔަގީންވާ ކަމަށް ބުނުމުން ވެސް ބިދޭސީ މީހާ ބުނީ އެ ޖަވާބު ނުބައި ކަމަށެވެ. އެހެންކަމުން ދެ ދިވެހިން ދެން އެހެން މޭވާތަކުގެ ނަންްތައް ވެސް ކިޔަން ފެށިއެވެ. އެގޮތުން "ވޯޓަރމެލަން" (ކަރާ)، "މެންގޯ" (އަނބު) އަދި "އޮރެންޖް"އޭ ވެސް ބުނެއެވެ. ނަމަވެސް އެ ހުރިހައި ޖަވާބެއް ނުބައިކަމަށް ބުނުމަށް ފަހު، އެމީހުންނަށް އެހީވުމުގެ ގޮތުން ބިދޭސީ މީހާ ބުނީ، އެ މޭވާގެ ބޭރުފުށް ވަރަށް ހަރުވާނެ ކަމަށެވެ. އެހެން ބުނުމާ އެކު އޭގެ ތެރެއިން އެކަކު އަހަނީ އެއީ "ކޮކޮނަޓް"ތޯ އެވެ. ޖަވާބު ރަނގަޅު ކަމަށް ބުނެ އެމީހާ ބުނީ ރާއްޖޭގެ ޤައުމީ މޭވާއަކީ "ކޮކޮނަޓް" (ކުރުނބާ) ކަމަށެވެ.

އެ ޖަވާބުން ގިނަ ބަޔަކަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. ވީޑިއޯގައި ސުވާލު ކުރި މީހުން ބިދޭސީ މީހާއަށް ހިނިތުންވުމަކާ އެކު ވީޑިއޯ ނިންމައިލަމުން ޝުކުރު އަދާކުރި ކަމުގައި ވިޔަސް، ކޮމެންޓުތަކުގައި ގިނަ މީހުން ވަނީ އޭނާގެ ޖަވާބު ނުބައި ކަމަށް ބުނެފައެވެ.

ގިނަ އަދަދެއްގެ ދިވެހިން އެ ވީޑިއޯއަށް ކޮމެންޓު ކޮށްފައި ބުނީ، ރާއްޖޭގެ ޤައުމީ މޭވާއަކީ ކުރުނބާ ނޫން ކަމަށާއި އެއީ ޕެޝަން ފްރުޓް (ޖުމްހޫރީ މޭވާ) ކަމަށެވެ. ނަމަވެސް ބިދޭސީ މީހާގެ ޖަވާބު ދިފާއު ކުރަމުން އޭނާ ބުނީ، ގޫގްލްކޮށްގެން ބެލުމަށާއި އިންޓަނެޓުން ލިބޭ ޖަވާބަކީ ރާއްޖޭގެ ޤައުމީ މޭވާއަކީ ކުރުނބާ ކަމަށެވެ.

މި ބަހުސްގެ ޖަވާބު ތިޔަ އެންމެހައި ކިޔުންތެރިންނަށް ދެން ދޫކޮށްލާނަމެވެ. ރާއްޖޭގެ ޤައުމީ މޭވާއަކީ ކޮބައިހެއްޔެވެ؟

Ads by HDC
  1. އިއްބެ

    އެއީކުރުނބާ

    • ހިބަރު

      ދޮގެއްވަ ނޫން !
      މީ ދެން މީހަކު ބަހުސް ކުރާ ވަރު ކަމެއްތަ ؟

  2. ފުތާ

    ކުރުބާ

  3. މަންޖެ

    އަސްލު ފެޝަން ފުރުޓް. އެކަމަކު އެމީހާ ބުނާހެން ގޫގަލް ސާޗް ޖަހާލީމަ ބުނަނީ ކުރުބާ ކަމަށް

  4. ތަކުރު

    ގައުމީ ހެދުމަކީ ދިވެހިލިބާސް ތަ….ދިގުހެދުން ތަ

  5. ޤައުމީ މޭވާ

    ކުރުނބާ

  6. މޯޑް

    ޤައީ މޭވާ އަޅާނ ޤައުމ ގަހުގަ

    ޖުމްހީ މޭވ އަކ އ މޭވާ އަށ ކިޔ ނަން