ޚަބަރު

13 އަހަރުގެ ކުއްޖާގެ މަރު: ދައުވާ ލިބޭ ކުއްޖާގެ ގޭބަންދު އަނެއްކާ ވެސް ދަމަހައްޓައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މަރާލާފައިވާ ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަހައްދު- ފޮޓޯ: މިހާރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އުމުރުން 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރައިލުމަށް ފަހު ފޮއްޓަކަށްލައި މޫދަށް އެއްލައިލައިފައި އޮއްވާ ފެނުނު މައްސަލައިގައި ތުހުމަތުކުރެވޭ ކުޑަކުއްޖާ ގޭބަންދަށް ބަދަލުކުރި ކުރުން އަނެއްކާ ވެސް ދަމަހައްޓައި އެ މައްސަލަ ޖުވެނައިލް ކޯޓުން ނިންމުމަށް ހައި ކޯޓުން ތާއީދުކޮށްފިއެވެ.

Ads by Sosun Fihaara

މާލޭގައި ދިރިއުޅުނު އެކުއްޖާ ގެއްލިގެން މިދިޔަ އަހަރުގެ ޖޫން މަހުގެ 20ވަނަ ދުވަހު ހޯދަނިކޮށް، މަރައިލައިފައި އޮއްވާ އެ ކުއްޖާގެ ހަށިގަނޑު ފެނުނީ އޭގެ އަނެއް ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދުންނެވެ.

އެކުއްޖާ މަރައިލިކަމުގެ ކުށުގައި ދައުލަތުން ދައުވާ އުފުލައިފައި ވަނީ އުމުރުން 17 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށާއި ނ. ލަންދޫ/ބަގީޗާގެ، އިބްރާހިމް ޒިހާންގެ މައްޗަށެވެ.

މި މައްސަލައިގައި ކުޑަ ކުއްޖާގެ މައްޗަށް ކޮށްފައިވާ ދައުވާތައް:

  • ގަސްދުގައި މީހަކު މެރުމުގެ ދައުވާ
  • ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާ
  • މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ

އުމުރުން 17 އަހަރުގެ އެ ކުއްޖާގެ މައްސަލަ ކުރިއަށްދަނިކޮށް ގެއަށް ބަދަލުކުރީ އެ ކުއްޖާ ބަންދުކޮށްފައި ހުރި މަރުކަޒަކީ ކުޑަކުދިން ބަންދުކުރާ މަޒަރުކަޒުތަކުގައި ހުންނަން ޖެހޭ މިންގަނޑުތަކަށް ނުފެތޭ ތަނެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ނިންމުމުންނެވެ.

Ads by HDC
  1. ކިޔުންތެރިއެއް

    ދެން ދޫކޮށްލަންވީނުން…އަނެއްކާ އެހެން ކުއްޖެއްގެފުރާނަ ދުއްވާލަން ޖާގަ ދިިނުމަށް