Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޔާމީން ރަޝީދުގެ މަރު: އިސްމާއީލާއި ދިފްރާންގެ މައްސަލަ ހައިކޯޓަށް

ޔާމީން ރަޝީދުގެ މަރު: އިސްމާއީލާއި ދިފްރާންގެ މައްސަލަ ހައިކޯޓަށް
ރަހުމްކުޑަ ގޮތަކަށް މަރައިލައިފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާ ސާބިތުނުވާ ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ. ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ ޔާމީން ރަޝީދު މަރައިލި މައްސަލައިގައި ގދ. ގައްދޫ, ސިންދުބާދުގެ, މުޙައްމަދު ދިފްރާންއާއި, ކ. މާލެ, މ. ޠާއިފް, އިސްމާޢީލް ރަޝީދުގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ކުރި ނަމަވެސް އެ ކުށް ސާބިތުނުވާކަމަށް އެކޯޓުން ނިންމެވި ނިންމެވުން ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ. 

އަދި މިމައްސަލައިގައި ދަޢުވާކުރި ހ. އަންނާރުމާގެ، އިސްމާޢީލް ހައިޝަމް ރަޝީދުއާއި، މ. އިރާސްމިކް، އަޙްމަދު ޒިހާންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، އިސްމާޢީލް ހައިޝަމް ރަޝީދުއާއި، އަޙްމަދު ޒިހާން އުމުރަށް ޖަލަށްލުމާ އެކު، ޔާމީންގެ ރަޝީދުގެ މަރުގެ ދިޔައިގެ ގޮތުގައި -/1،333،333 (އެއްމިލިއަން ތިންސަތޭކަ ތިރީސް ތިން ހާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ) ޔާމީން ރަޝީދުގެ ޢާއިލާއަށް ދިނުމަށް އަންގައި 11 ޖެނުއަރީ 2022ގައި ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވާ ކަމަށެވެ. 

ތޫނު އެއްޗަކުން ހަމަލާދީ، ޔާމީން ރަޝީދު މަރައިލައިފައި އޮއްވާ، އޭނާ ދިރިއުޅުނު ގޭގެ ސިޑި ގޮޅީތެރެއިން ފެނުނީ 2017ވަނަ އަހަރުގެ އޭޕްރިލް މަހުގެ 28ވަނަ ދުވަހުގެ ރެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް