Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މެއި 5ގައި ވެސް ސަރުކާރު ބަންދު

މެއި 5ގައި ވެސް ސަރުކާރު ބަންދު

މިއަހަރު ސަރުކާރު ބަންދު ދުވަސްތަކުގެ ތެރޭގައި، މެއި މަހުގެ 5ވަނަ ދުވަސް ވެސް އިތުރުކޮށްފިއެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވައި މިއަދު ނެރުއްވި އެންގުމެއްގައި ވިދާޅުވެފައި ވަނީ މި އަހަރުގެ ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއަށް މެއި މަހުގެ ފަސްވަނަ ދުވަސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިތުރުކުރައްވައިފައިވާ ކަމަށެވެ.

ރައީސް އޮފީހުން މީގެ ކުރިން ވަނީ މިއަހަރުގެ ޖުލައި މަހުގެ 13ވަނަ ދުވަސް އަދި ޖުލައި މަހުގެ 14ވަނަ ދުވަހާއި ޖުލައި މަހުގެ 28 ވަނަ ދުވަސް އެއީ ބަންދު ދުވަސްތަކުގެ ގޮތުގައި ވަނީ ހަމަޖައްސަވައިފައެވެ.

Advertisement
HDC — Sidebar (box)

އަންނަ މަހުގެ ފަސްވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފައި ވަނީ ބަރަކާތްތެރި ފިތުރު ޢީދު ދުވަހާ ގުޅިގެންނެވެ. ކަލަންޑަރުން ދައްކައި ގޮތުގައި ފިތުރު ޢީދު ދުވަސް ވަނީ މެއި މަހުގެ ދެވަނަ ދުވަހަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް