ކޮވިޑް-19: ވެކްސިންގެ 100 މިލިއަން ޑޯޒް އެމެރިކާއަށް!

ހަކުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އުފައްދާ ވެކްސިންގެ 100 މިލިއަން ޑޯޒް އެމެރިކާ އަށް ލިބޭނެގޮތް ހަމަޖައްސާފައިވާ ކަމަށް އެޤައުމުން ބުނެފިއެވެ.
މިހާތަނަށް ދުނިޔޭގެ 18 މިލިއަނަށްވުރެ ގިނަ މީހުން މިބައްޔަށް ފައްސިވެފައިވާއިރު އެންމެ ހަލުވި ކަމާއެކު މިބަލި ފެތުރެމުންދަނީ ވެސް އެމެރިކާގައެވެ.
އެގޮތުން އެޤައުމުގައި މިހާތަނަށް 4.7 މިލިއަން މީހުންނަށް ބަލި ޖެހި، 157،900 މީހުންވަނީ މަރުވެފައެވެ. އަދި މިހިނގާ އޮގަސްޓު މަހުގެ 22ވަނަ ދުވަހާހަމައަށް 182،000 މީހުން މަރުވާނެކަމަށް އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓުރޯލުން ވަނީ ލަފާ ކޮށްފައެވެ.
ފްރާންސްގެ ސަނޮފީ ކުންފުންޏާއި އިނގިރޭސިވިލާތުގެ ޖީއެސްކޭ ކުންފުންޏާއި، އެމެރިކާއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަަށުން 50 މިލިއަން މީހުންނަށް ވާވަރަށް ވެކްސިން ހޯދުމަށް އެމެރިކާއިން 2.1 ބިލިއަން ޑޮލަރު ޚަރަދު ކުރާނެއެެވެ. ފަހުން ބޭނުންވެއްޖެނަމަ އެއެއްބަސް ވުމުގެ ދަށުން އެމެރިކާއަށް 50 މިލިއަން ޑޯޒް އިތުރަށް ލިބޭނެ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ.