Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މުސާރަ ލިބޭ ގޮތަށް ޒަމްޒަމް ފާރިޝްގެ ސަސްޕެންޝަނަށް ލުއިދީފި

މުސާރަ ލިބޭ ގޮތަށް ޒަމްޒަމް ފާރިޝްގެ ސަސްޕެންޝަނަށް ލުއިދީފި

އިންޑިއާގެ މިލިޓަރީ ބޭރުކުރުމަށް ގޮވައިލައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހިންގަމުން އަންނަ "އިންޑިއާ އައުޓް"ކެންޕެއިނަށް ހިތްވަރުދިން ކަމަށް ބުނެ ސަސްޕެންޑު ކުރި އަރަބިއްޔާ ސްކޫލްގެ މުދައްރިސް އައްޝައިޚް ޒަމްޒަމް ފާރިޝްގެ ސަސްޕެންޝަނަށް ލުއި ދީފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިމަހުގެ 21ވަނަ ދުވަހު ޝައިޚް ޒަމްޒަމް ފާރިޝް ސަސްޕެންޑު ކުރީ 30 ދުވަހުގެ މުއްދަތަކަށް، މުސާރަ ވެސް ނުލިބޭ ގޮތަށެވެ.

ނަމަވެސް ޝައިޚް މިރޭ ވިދާޅުވީ، މުސާރަ ނުލިބޭ ގޮތަށް އޮތްއޮތުން މިހާރު ބަދަލުކޮށް، މުސާރަ ހިނގާ ގޮތަށް 30 ދުވަހަށް މިހާރު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

"މިނިސްޓްރީން ފޮނުއްވި އީމެއިލްގައި ވިދާޅުވެފައި ވަނީ، މުސާރަ ނުލިބޭހެން ޖެހިފައި ވަނީ އޮޅުމަކުން ކަމަށް" ޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ޒަމްޒަމް ފާރިޝް ސަސްޕެންޑު ކުރުމާ ގުޅިގެން، އެކަމާ ގިނަ ދީނީ ޢިލްމުވެރިންނާއި އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ޢިލްމުވެރިންގެ ގުޅުމުން ވަނީ، ދީނީ ޢިލްމުވެރިންނަށް ބިރުދެއްކުމަށް ނުހައްޤުން އަދަބު ދިނުން ހުއްޓައިލުމަށް ގޮވައިލައި ބަޔާނެއް ވެސް ނެރެފައެވެ. އަދި އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ވަނީ ޝައިޚް ޒަމްޒަމް އިންސާފު ހޯދައިދިނުމަށް ގޮވައިލައި މިއަދު އެ ސްކޫލް ކުރިމަތީގައި ސުލްޙަވެރި އިހުތިޖާޖެއް ވެސް ކޮށްފައެވެ. މީގެ އިތުރުން ބެލެނިވެރިން ވަނީ، މުސާރަ ނުލިބޭހެން ކުރިން ސަސްޕެންޑު ކޮށްފައިވާތީ، މާލީ ގޮތުން ޝައިޚަށް އެހީތެރިކަން ހޯދައިދިނުމުގެ ގޮތުން ފަންޑްރެއިސް ކުރުމުގެ ހަރަކާތްތަކެއް ވެސް ބޭއްވުމަށް ނިންމަވައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް