ޚަބަރު

ދިރާސާތަކާ ގުޅޭ ބައިނަލްއަގްވާމީ މަހާސިންތާ އޮގަސްޓްގައި

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޢިލްމީ ދިރާސާތައް ހުށަހެޅުމަށް ބާއްވާ 5ވަނަ "ތެވެލި" ބައިނަލްއަޤްވަމީ މަހާސިންތާ އޯގަސްޓް މަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

Ads by MWSC

މި މަހާސިންތާއަކީ ތަފާތު އެކި ޑިސިޕްލިންތަކުން ޢިލްމީ ދިރާސާތައް ހުށައެޅުމަށް ދުނިޔޭގެ އެކި ޤައުމުތަކުގެ ސްކޮލަރުން ބައިވެރިވެގެން ރާއްޖޭގައި ބައްވާ އެންމެ ބޮޑު އެއް ކޮންފަރެންސްއެވެ.

ޔުނިވަރސިޓީގެ ރިސާރޗް ޑިވެލޮޕްމަންޓް އޮފީހުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި ކޮންފަރެންސްގައި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީތަކުގެ ޕްރޮފެސަރުންނާއި ދުނިޔެއަށް މަޝްހޫރު ޢިލްމީ ދިރާސާތައް ހައްދަވާ ޕްރޮފެސަރުންނާއި ކުންފުނިތަކުން ހަދައިފައިވާ އިލްމީ ހޯދުންތަކާއި ޤައުމީ ލެވެލްގައި ހޯދައިފައިވާ ހޯދުންތަކާއި ދިވެހިން ޢިލްމީ ގޮތުން ހޯދައިފައިވާ ހޯދުންތައް މި ކޮންފަރެންސްގައި ކުރިއަށްދާ އެކި ސެޝަންތަކުގައި ހުށައެޅިގެންދާނެއެވެ.

އިލްމީ ދިރާސާތައް ހަދައި ހުށަހެޅުމުގައި ދުނިޔޭގެ މަޝްހޫރު ސްކޮލަރުންނާއި ޕްރޮފެސަރުން ބައިވެރިވާ މިއަހަރުގެ މަހާސިންތާ ކުރިއަށް ގެންދިއުމަށް ނިންމައިފައި ވަނީ އޯގަސްޓް މަހުގެ 22އިން 23އަށެވެ.

މި ކޮންފަރެންސްގެ އެންމެ މުހިއްމު މަޤްޞަދަކީ ރާއްޖޭގެ މަތީ ތަޢުލީމްގެ ނިޒާމަކީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދެވޭ ނިޒާމަކަށް ހެދުމާއި ޤައުމީ ޔުނވަރސިޓީއަކީ ޢިލްމު އުފައްދާ ޢިލްމް ކުރިއަރުވާ ޔުނިވަރސިޓީއަކަށްވުންކަމަށް ޔުނިވަރސިޓީން ވިދާޅުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!