Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މާލޭގައި ދެ މާރާމާރީއެއް ހިންގައި ބަޔަކު ޒަޚަމްކޮށްލައިފި

މާލޭގައި ދެ މާރާމާރީއެއް ހިންގައި ބަޔަކު ޒަޚަމްކޮށްލައިފި

މިއަދު މާލޭގެ ދެ ސަރަހައްދެއްގައި ހިންގި ދެ މާރާމާރީއެއްގައި ބަޔަކު ޒަޚަމްވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިއަދު 5:48 ހާއިރު ކޯރުކެނޑި މަގު، މާވެޔޮ މިސްކިތް ކައިރީގައި މާރާމާރީއެއް ހިންގައިގެން އުޅޭކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އަދި އެ މާރާމާރީގައި 23 އަހަރުގެ 2 ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށާއި އެ ދެމީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދާ ކަމަށެވެ.

ދެވަނަ މާރާމާރީ ހިންގައިފައި ވަނީ ޖަނަވަރީ މަގާއި މަޖީދީމަގު ގުޅޭ ހިސާބުގައެވެ. ފުލުހުން ވިދާޅުވީ އެ މާރާމާރީ ހިންގައިގެން އުޅޭ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ މިއަދު 9:17 ހާއިރު ކަމަށެވެ.

Advertisement
Ooredoo — Square (box)

އެ މަރާމާރީގައި ވެސް ދެ މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭޑީކޭ ހޮސްޕިޓަލުގައި އެމީހުން ފަރުވާ ހޯދަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް