މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބޭއްވުމަށް ގޮވާލައިފި
ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ އިއްޒަތްތެރި މެންބަރު އާދަމް ޝަރީފު އުމަރު މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބޭއްވުމަށް ގޮވާލައިފިއެވެ.
އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުންދާ މި ދުވަސްވަރު މަޖިލީހުގެ ޖަލްސާތައް އޮންލައިން ކޮށްބޭއްވުމަށް ގޮވާލާ ކަމަށެވެ.
މީގެ ކުރިންވެސް ފުރަބަންދުގެ ދުވަސްތަކުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވާފައެވެ. އަދި އޭގެ ފަހުން ގިނަ ބަޔަކު މަޖިލީހުގެޖަލްސާތައް ބޭއްވުމާ ދެކޮޅު ހަދަމުން ދިޔަ ނަމަވެސް މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
Ads by Allied Insurance