Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

ރާއްޖެއިން އުމްރާއަށްދިޔަ ދިވެއްސަކު މައްކާގައި ނިޔާވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ސައީދު ޔޫސުފް ނަމަކަށް ކިޔާ މީހެކެވެ. ނިޔާވި އިރު އޭނާގެ އުމުރުން 71 އަހަރެވެ.

ސައީދު ނިޔާވެފައިވާކަން އިއުލާނުކޮށްފައި ވަނީ، އުމްރާގެ މަތިވެރި އަޅުކަން އަދާ ކުރުމަށް އޭނާ ދިޔަ "ޒަމްޒަމް ޙައްޖު އެންޑް އުމްރާ ޓްރެވެލް"ގެ ފަރާތުންނެވެ.

Advertisement
Allied — Dhen Online (box)

އެ ގްރޫޕުން މީސްމީޑިއާގައި މިއަދު ފަތިހު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ޒަމްޒަމް ގްރޫޕާ އެކު މިއަހަރުގެ ރަމަޟާން އުމްރާ އަދާ ކުރުމަށް ދަތުރުކުރި މީހަކު، މިއަދު (7 މެއި 2022)ގައި ނިޔާވެފައިވާ ކަމަށެވެ.

ސައީދު ނިޔާވީ މައްކާގައި ހުންނަ ކިންގް ފައިސަލް ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދަނިކޮށް ކަމަށް ވެސް ޒަމްޒަމް ގްރޫޕުން މައުލޫމާތު ދީފައިވެއެވެ. ނަމަވެސް އިތުރު މައުލޫމާތެއް އަދި ދީފައެއް ނުވެއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް