ޚަބަރު

ރައީސް ނަޝީދުގެ ތުހުމަތުތަކެއް: އަޅުގަނޑު ލޭ ވަނީ ހުސެއިންގެ އަތުގައި ހޭކިފައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ ތެރޭގައި ދިން ހަމަލާއާ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން)އާ ގުޅުވައި ރައީސް ނަޝީދު ތުހުމަތުތަކެއް ކުރައްވައިފިއެވެ.

Ads by STELCO

ވާދަވެރި ސިޔާސީ ޕާޓީތަކުގެ މެންބަރުން ވެސް ތިއްބަވާ ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި އަނދުން ހުސެއިނަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރައްވައިފައެވެ. މިގޮތުން ވިދާޅުވީ، އަނދުން ހުސެއިން ގެންދަވަނީ ރައީސް ނަޝީދަށް ދެވުނު ހަމަލާގެ ރޭވުންތައް ފޮރުވުމުގައި ސަރުކާރަށް ވާގިވެރިވަމުން ކަމަށެވެ.

މި މެސެޖަށް ރައްދު ދެއްވަމުން އަނދުން ހުސެއިން ވިދާޅުވީ، އެ މަނިކުފާނަކީ އެފަދަ ކަމެއް ރާއްވަވައި ފޮރުއްވޭނެ ވަރުގެ މީހެއް ނޫން ކަމަށެވެ. ރައީސް ނަޝީދު ރައްދުގައި ވިދާޅުވީ، އެއީ ހުސައިން އެކަނި ކުރި ކަމެއް ކަމުގައި ވިދާޅު ނުވާ ކަމަށެވެ.

އެ ހިސާބުން އަނދުން ހުސެއިން ވަނީ އެ ފަދަ އިލްޒާމުތައް އަޅުވަނީ އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގައި އެ މަނިކުފާނު ވަކި މީހަކަށް ތާއީދު ކުރައްވާތީ ކަމަށް ވިދާޅުވެފައެވެ. އަނދުން ހުސެއިން ވަނީ ޗެއަރޕާސަން އިންތިޚާބުގައި ފައްޔާޒަށް ތާއީދުކުރާ ކަން ހާމަ ކުރައްވައިފައެވެ. މި އިންތިޚާބުގައި ރައީސް ނަޝީދުގެ ތާއީދު އޮތީ އިންތިއަށެވެ.

މި މެސެޖަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ވާހަކަފުޅު ދައްކަވަނީ ކަން ހިނގިގޮތް އެނގިވަޑައިގަންނަވައި ކަމަށެވެ.

"ހުސައިންގެ އަތް ރަނގަޅަށް ބަލައިލާ، ހުސައިންގެ އަތުގައި މިހާރު ކޭއްތިފައި ތި ހުރީ އަޅުގަނޑުގެ ލޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެން ވިދާޅުވުމުން ހުސެއިން ވަނީ، ރައީސް ނަޝީދު މި ވަގުތު ހުންނެވީ މާ ބޮޑަށް ކޯފާވެފައި ކަމަށް ވިދާޅުވެފައެވެ.

ހުސެއިންއަށް އިތުރަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ލެޔަކީ ކެރަފާ، ދަނޑިކޮށީގޭ ލޭ ކަމަށާއި އޭގައި އަސަރު ހުންނާނެ ކަމަށެވެ.

  1. ސުވާލު

    ނަޝީދަށްް ތާއީދުކުރި އެތައްބައެއް އެމަނިކުފާނާމެދު މިހާރު ނުރުހެނީ ކީއްވެބާ! ކީހާޅެއް ފަރިއްސައްވެ އަސްލު ސޫރަ ފާޅުވެ އަމިއްލަ އެދުމާ ހެދި ކޮންމެފަދަ ވާހަކައެއް ދައްކާ ކަމެއްވެސް ކޮށްފާނެ ކަމަށް ގަބޫލުކުވެންފެށި މަންޡަރު ސާފުވަމުން ދާތީބާ؟

  2. ދެކަފި

    ނަޝީދަކީ އެއްވެސް އިރެއްގަ ޙަޤީޤަތުގެ މައްޗަށް ބުރަވެ ވާހަކަފުޅު ދައްކަވާ ބޭފުޅެއްނޫން. ނަޝީދަކީ ސިޔާސީ މަންފާ ޙާޞިލް ކުރެއްވުމަށް އިތުރުފުޅު ހެއްދެވުން އާދައަކަށް ހައްދަވާފަވާ އެއްވެސް ހަރުދަނާ ކަމެއް ނެތް ބޭފުޅެއް. ކުރުކޮށް ފޮނިކޮށް ބުނާނަމަ މި ޤައުމުގެ ފޮށާ ބޭލި ބަރަހަނާވެ ހުރިހާ ކަމަކުން ހައްދު ފަހަނަޅާ ދިޔައީ ދިވެހި މުޖުތަމަޢަށް ނަޝީދު ދަސްކޮށްދެއްވި މުޑުދާރު ކަންކަމުގެ ސަބަބުން. މިކޮމެންޓް ޖަހާލުމުގެ ހިތްވަރު ތިނޫހުގަ ނެތިދާނެ. އެކަމު މީ ޙަޤީޤަތްކަން އެންމެނަށްވެސް މިއަދު ވަރަށް ސާފު.

  3. ކިނބޫ

    ކަލޭ ހައިޟު ވީމަ ޕެޑް ޖަހާދެނީތަ އޭނަ؟