ޚަބަރު

ރައީސް ނަޝީދު ކުރައްވާ ތުހުމަތުން އެނގެނީ ރައީސް ޞާލިޙާއި ސަރުކާރަކީ އަނިޔާވެރި ބައެއްކަން: ޖަމީލް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ތުހުމަތުން އެނގެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ސަރުކާރަކީ ހައްދުފަހަނައަޅައި ގޮސްފައިވާ އަނިޔާވެރި ބައެއްކަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޖަމީލް މިފަދައިން ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ ފޮރުވަން ސަރުކާރަށް ވާގިވެރިވާ ކަމަށް ވިދާޅުވެ ސަރުކާރަށް ތާއީދު ކުރައްވާ މަޖިލީހުގެ މެމްބަރުންނަށް ރައީސް ނަޝީދު ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕަށް ރޭގެ ވަގުތެއްގައި ރައީސް ނަޝީދު ފޮނުވި މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނުގެ ހަމަލާއާ ގުޅޭ ކަންކަން ފޮރުވުމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ހަމަލާ އާ ގުޅޭ ކަންކަން ފޮރުވަން ސަރުކާރަށް ވާގިވެރި ވަނީ އޭނާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ.

މިކަމާ ގުޅިގެން ޖަމީލް ވިދާޅުވީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަކީ ސަމާސާއެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު ކުރައްވާ ތުހުމަތުން އެނގެނީ ރައީސް ޞާލިޙާއި ސަރުކާރަކީ ހައްދު ފަހަނައަޅައި ގޮސްފައިވާ އަނިޔާވެރި ބައެއްކަން ކަމަށެވެ. އަދި “ސަރުކާރުގައި މިފަހަރު މިއެޅީ ކޮން ފަންޏެއްތޯ” ޖަމީލް ވަނީ ސުވާލުކުރައްވައިފައެވެ.

މިދިޔަ އަހަރުގެ މެއި މަހު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް އަހަރެއް ފުރުނު އިރު އެ ހަމަލާއަށް ފަންޑުކުރި މީހުން ހޯދިފައި ނުވުމާ އެކު ސިޔާސީ ވާދަވެރިކަމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައީސް ނަޝީދާ ދެމެދު ވަނީ ނުތަނަވަސްކަން ބޮޑުވެފައެވެ.

Ads by HDC
  1. ޣފދސ

    ކަލޯ އިއްޔެ ބުނި ނަޝީދު އުޅޭ ގޮތެކޭ. މިއަދު ސަރުކާރާ ދެކޮޅަށް އެއްޗެއް ބުނަންވީމަ ނަސީދު ބުނާ އެއްޗެހި އޯކޭ. ޙަމަތަ.