ޚަބަރު

ފުލުހުން ، ފާތިޙް ދިފާއުކުރުމުން އަންތަރީސް ވެއްޖެ: ރައީސް ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ބައިވެރިވިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި، ލ.ގަން ތުނޑި/ ދުންފިނިއުފާ، އަހްމަދު ފާތިހް ދިފާއުކޮށް ފުލުހުން ބަޔާނެއް ނެރެފައިވާތީ އެކަމާ އަންތަރީސްވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ، ރައީސް ނަޝީދު ގެންގުޅުއްވާ ނުރަސްމީ ޓްވިޓަރ އެކައުންޓުން ކުރެއްވި ޓްވީޓެއްގައެވެ.

ފާތިހުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ނަމަވެސް، އޭނާގެ މައްޗަށް ދައުވާ ނުކުރަން ޕީޖީން ނިންމަވައިފައި ވަނީ އެކަށީގެންވާ ވަރަށް އެ ވަގުތު ހެކި ނެތްކަމަށް ވިދާޅުވެއެވެ. ނަމަވެސް އޭނާގެ މައްޗަށް ތަޙްޤީޤް ކުރިޔަށްދާނެ ކަމަށް އޭރު، ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ، އެ މަނިކުފާނަށް ހަމަލާދެވުނުއި ރު، ފާތިޙް ހުންނެވީ ފުލުހުންގެ ޚިދުމަތުގައި ކަމަށް ވިދާޅުވެފައެވެ. މި ތުހުމަތު ދޮގުކޮށް ފުލުހުން ވަނީ ބަޔާނެއް ނެރުއްވައިފައެވެ. އެ ބަޔާނުގައި ފުލުހުން ވިދާޅުވީ، ފާތިޙް ފުލުހުންގެ ޚިދުމަތާ ގުޅިފައި ވަނީ 2018ވަނަ އަހަރު ނޮވެންބަރު 25ގައި ކަމަށާއި 2021 ފެބްރުއަރީ 3ވަނަ ދުވަހު ފާތިޙް އަމިއްލައަށް އެދިގެން ޚިދުމަތުން ވަކިވެފައިވާ ކަމަށެވެ. އަދި އޭނާއަކީ ހަމަލާދެވުނުއިރު ފުލުހުންގެ ޚިދުމަތުގައި ނޫޅޭ މީހެއް ކަމަށް ތަޙްޤީޤީ ހުރިހައި މަރުހަލާއަކުންނާއި މީޑިއާތަކަށް ވެސް ހާމަކޮށްފައިވާކަން ފުލުހުން ފާހަގަ ކުރެއްވިއެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް ޢަބްދުއްސައްތާރު ވަނީ މައްސަލައަކީ، ފާތިޙް ފުލުހުންގެ ޚިދުމަތުގައި ހުރިއިރު ރައީސް ނަޝީދަށް ފާރަލުން ކަމަށް ފާހަގަކޮށްފައެވެ. ފާތިޙް ދިފާއު ކުރެއްވުމުން ރައީސް ނަޝީދު ކަންބޮޑުވުން ފާޅު ކުރައްވައިފައި ވަނީ، ނާޒިމްގެ ޓްވީޓަށް ކުރެއްވި ރިޕްލައިއެއްގައެވެ.

Ads by Ooredoo
  1. ފޮނު

    ޕޮލިސް ކޮމިޝަނަރުކަމާއި އުއްތަމަ ފަޑިޔާރުކަން މީނައަށް ދޭންވީނު. ކަމަކާހެދި ބޫތުކިޔަސް މިވަރުދެން ބޮޑު.

  2. ނާޒިމް އބ.ސ

    ފުލުހުން ދޯޯ
    ދިވެހި ފލުހުންނަކީ ކ..އަނގަ ތަޅާ ނުބައ މައލޫމާތު މީޑިއާއަށް ދޭބައެއް

    • ވާނުވާބެ

      އެހެންތަ؟ ހާދަ މޮޅޭ ދޯ، އަންނި އެއީ ހުރިހާ ކަމެއް ދަންނަ ހުރިހާކަމެއް އެނގޭ މީހަކީދޯ، އޭނަ ކަމަކީ ދޮގު ހަދައިގެން މީހުން ތެރޭ ފިތުނަ އުފެއްދުން

  3. ކަޅޭ

    ކާކުހޭ ބޫނީ ބުރިޖު އެޅޭނޭ… ބުނުއްވަދީބަލަ އެ އެޅޭނެ އެއްވެސް ގޮތެއް، ކާކުހޭ އިންޖިނޭރަކީ…. ނޭޅޭނޭ… ނުވާބޭ ކަންތަކުގެ ވާހަކަ ނުދައްކާށޭ…… މިހާވަރުން އަދިވެސް ފާރޓީކުދިންނަށް ނުވިސްނޭ މީނަ މީ ދޮގާ މަކަރު ވިއްކައިގެން ހިތާހިތުގެ ގުޅެމެއް ހޯދާމީހެއްކަމެއް. ހޭއަރާބަލަ ދަރިންނޭ، ކެނެރީގެ އެކަކުވެސް ނޫޅޭ ރައްޔިތުންނާ ހެދިއެއް.