Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ސަރުކާރުން ތަންފީޒު ކުރަނީ އެމްޑީޕީގެ އެކަނި ސިޔާސަތުތަކެއް ނޫން: ޑރ. ހުސައިން

ސަރުކާރުން ތަންފީޒު ކުރަނީ އެމްޑީޕީގެ އެކަނި ސިޔާސަތުތަކެއް ނޫން: ޑރ. ހުސައިން

ސަރުކާރުން ތަންފީޒު ކުރަނީ ހަމައެކަނި އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެއެވެ.

ހުސެއިން މިފަދައިން ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގައި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ނުވަނީ ކީއްވެގެންތޯ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ކުރެއްވި ސުވާލައް ޖަވާބު ދެއްވަމުންނެވެ.

އެ ސުވާލުގެ ޖަވާބުގައި ހުސެއިން ވިދާޅުވީ ދިވެހި ސަރުކާރުން ތަންފީޒު ކުރަނީ ދިވެހި ސަރުކާރުގެ ސިޔާސަތުތައް ކަމަށެވެ. އަދި ސަރުކާރުގެ ނަމުގައި ކުރައްވާ ކޮންމެ ކަމެއް ކަމެއް ކުރައްވަނީ ވަކި ޕާޓީއެއްގެ ސިޔާސަތެއްގެ މައްޗަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހުސެއިން ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

"ސަރުކާރުގެ ކަންކަން ހިނގަމުން ދާނީ ރައީސް ސިޔާސަތުތައް ނިންމަވަން ބޭނުންވާ ގޮތަކަށް. އަޅުގަނޑަށް ޔަގީންކަމާ އެކު އެނގެނީ ރައީސް ސާލިހްގެ އެޕްރޫވަލް އޮވެގެން ހިންގާ ސިޔާސަތުތަކެއްކަން މި ތަންފީޒު ކުރަމުން ދަނީ" ހުސެއިން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް