މަޢުލޫމާތު ހޯދުން ފަސޭހަ ކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އޮންލައިން ޕޯޓަލްއެއް

މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން މަޢުލޫމާތު ހޯދުން ފަސޭހަ ކުރުމަށް އިންފޮމޭޝަންސް ކޮމިޝަނުން ހާއްސަ އޮންލައިން ޕޯޓަލްއެއް މިއަދު ތަޢާރަފްކޮށްފިއެވެ.
މަޢުލޫމާތަށް އެދޭ ފަރާތްތަކުން މަޢުލޫމާތު ހޯދުމަށް އެދުމުގައި ދައުލަތުގެ އިދާރާތަކަށް މި ޕޯޓަލް މެދުވެރިކޮށް ހުށައެޅޭއިރު، ދަޢުލަތުގެ އިދާރާތަކަށް މަޢުލޫމާތަށް އެދި ހުށައަޅާ ހުށައެޅުންތަކަށް މި ޕޯޓަލް މެދުވެރިކޮށް ޖަވާބު ދެވޭނެ އިންތިޒާމް ވެސް ވަނީ ޤާއިމްކޮށްފައެވެ.
މި ޕޯޓަލްއަކީ މިހާރަށް ވުރެ ފަސޭހައިން އިދާރާތަކުން މަޢުލޫމާތު ހޯދުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ ޕޯޓަލްއެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މަޢުލޫމާތުދެއެވެ.
މިއަދު މި ޕޯޓަލް ތަޢާރަފްކުރި އިރު މިނިސްޓްރީތަކާއި، ކައުންސިލްތަކާއި މިނިވަން މުއައްސަސާތައް ހިމެނޭހެން 50އަށް ވުރެ ގިނަ އިދާރާ ހިމަނައިފައިވާ އިރު ކުރިއަށް އޮތް ތަނުގައި އިތުރު އިދާރާތައް އިތުރުވަމުން ދާނެކަމަށް އެ އޮފީހުން މަޢުލޫމާތުދެއެވެ.