Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރިލްވާންގެ ފޮޓޯ ބޭނުންކޮށް، މި ސަރުކާރުން ވޯޓް ހޯދަން ޖެހީ މަޅިއެއް: ރިލްވާންގެ ބައްޕަ

ރިލްވާންގެ ފޮޓޯ ބޭނުންކޮށް، މި ސަރުކާރުން ވޯޓް ހޯދަން ޖެހީ މަޅިއެއް: ރިލްވާންގެ ބައްޕަ

ގެއްލުވައިލައިފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާނަށް އިންސާފު ހޯދައިދޭނެ ކަމަށް ބުނެ އެމްޑީޕީ ސަރުކާރުން ޖެއްސީ ވޯޓް ހޯއްދެވުމަށް މަޅިއެއް ކަމަށް ރިލްވާންގެ ބައްޕަ، އަބްދުﷲ މޫސާ ބުނެފިއެވެ.

ޗެނަލް13އިން ގެނެސްދިން ޕްރޮގްރާމެއްގައި ރިލްވާން ބައްޕަ ބުނީ، މި ސަރުކާރުން ވެރިކަމަށް އަންނަން ރިލްވާންގެ ބެނާތަކާއި ފޮޓޯތައް ބޭނުންކޮށް މުޒާހަރާ ކުރީ ވޯޓް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އަދި ބޭނުން ފުދުމުން މިހާރު އެކަމާ އަޅާ ނުލާ ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ކަމަށް އިންތިޚާބުވި ފަހުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަދި ރައީސް ނަޝީދާ ވެސް ބައްދަލު ނުވާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު މިތަނުގައި އުޅުނުގޮތް ހުރިހައި އެންމެންނަށް ވެސް ފެންނާނެ، ރޭގަނޑު ހަތަރު ދަމު ނުނިދާ، ޕާޓީ ހުރިހައި މަސައްކަތެއް" މި ސަރުކާރު ގެނައުމަށް ކުރި މަސައްކަތް ހިއްސާ ކުރަމުން މޫސާ ބުންޏެވެ.

Advertisement
Allied — Dhen Online (box)

ރިލްވާން ގެއްލުވައިލައިފައި ވަނީ، 2014ވަނަ އަހަރު އޯގަސްޓް މަހުގެ 8ވަނަ ދުވަހުގެ ރޭގައެވެ. ރިލްވާންގެ މައްސަލައިގައި އިންސާފު ހޯދައިދިނުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވައުދެކެވެ.

ރިލްވާންގެ ބައްޕަ އިތުރަށް ބުނެފައި ވަނީ، ރިލްވާން ގެއްލުވައިލުމުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ކަމަށް ކުރިން ޤަބޫލު ކުރި ކަމަށެވެ. އަދި އެއީ މީހުން ދެއްކި ވާހަކަތައް އަޑުއަހައިގެން ކަމަށާއި މަރު ކޮމިޝަނުން އެކަމުގައި ރައީސް ޔާމީންގެ އަތެއް ނުވާ ކަމަށް ބުނި ހިސާބުން އެ ވާހަކަ ޤަބޫލު ނުކުރާ ކަމަށެވެ.

"އަޅުގަނޑު ރައީސް ޔާމީނަށް ވެސް އެއްޗިހި ކީން އޭރު، ހުސްނުއްސުއޫދު ބުނި ފަހުން އަޅުގަނޑު ގަބޫލުކޮށްފިން ޔާމީނުގެ އަތެއް ނުވާ ކަމަށް. އޭރު ނުބުނާހައި ހިނދެއްގައި ބަރު ހިތެއް އޮތް" މޫސާ ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް