ޚަބަރު

ތުހުމަތުކޮށްފައި ތިބި މީހުން އިއްޔެ މާލެ ނުގެނައުމުން ނާޒިމް ސައްތާރުގެ ކަންބޮޑުވުން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގޮތުން މިއަދަށް ތާވަލު ކުރި ޝަރީއަތް ކެންސަލްވީ ކަރެކްޝަންސް ސާވިސަސްގެ ސަބަބުން ކަމަށް، ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ޤާނޫނީ ވަކީލު ނާޒިމް ސައްތާރު ވިދާޅުވެއްޖެއެވެ.

Ads by MWSC

ކޯޓުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން މިއަދަށް ތާވަލު ކުރި ޝަރީއަތް ކެންސަލް ކުރަން ޖެހުނީ މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ތިބި ހަތަރު މީހުން، މޫސުން ތަން ނުދިނުމުގެ ސަބަބުން މާލެ ނުގެނެވިގެން ކަމަށެވެ.

ޝަރީއަތް ކެންސަލުވުމުގެ ސަބަބުން ވަކީލު ނާޒިމް ސައްތާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތުހުމަތު އުފުލިފައި ތިބި މީހުން މާލެ ނުގެނެވުނީ ކަރެކްޝަންސްގެ ސަބަބުން ކަމަށެވެ.

"އަލަކަށް ނޫން ދޯ ވާރޭ ވެހެނީ؟ ކަރެކްޝަންސުން އެމީހުން އިއްޔެ މާލެ ގެނައި ނަމަ ރަނގަޅުވީސް' ނާޒިމް ސައްތާރު ވިދާޅުވެފައިވެއެވެ.

މިއަދުގެ ޝަރީއަތް ކެންސަލް ކުރުމަށް ފަހު ކޯޓުން ބުނީ، އެ ޝަރީއަތް އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިއަދުގެ ޝަރީޢަތަށް ހާޒިރު ކުރަން ނިންމައިފައި ވަނީ މައްސަލައިގައި ދައުވާކުރި ތަހުމީނު އަހުމަދާއި، މުޖާޒު އަހުމަދާއި، އިސްހާގު އަދި ފަހުމީ އަލީއާއި އަލީ ހައިޝަމްއެެވެ.

މި މައްސަލައިގައި ދައުލަތުން ދަޢުވާ ކުރަނީ ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި މ. ކުދެހިގޭ އިސްހާގުގެ އިތުރުން އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމް އަދި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ މައްޗަށެވެ.

ގ. ކެނެރީގެ ހުންނަ މަގުގައި ޕާކުކޮށްފައި ހުރި ސައިކަލެއް ގޮއްވައިލައި ރައީސް ނަޝީދުގެ ފުރާނަފުޅަށް ގެއްލުންވާ ވަރުގެ ޙަމަލާއެއް ދިން މީހުންގެ ތެރެއިން އަދުހަމް އަހުމަދު ރަޝީދު ހިޔާ، ވ. ތިނަދޫ، ގެ މައްޗަށް ކުށް ސާބިތުވެ 23 އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ. އޭނާ ކުރި ކުށަށް އިއުތިރާފްވެ އަދަބު ކުޑަވާ ގޮތަށް ދަޢުލަތާ އެކު އެެއްބަސްވުމެއް ހަދައިފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!