ޚަބަރު

ޝަހުބާންގެ އިސްތިއުފާއަށް ގޮވާލައި ގަރާރެއް ނެރެފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މީޑިއާ ކައުންސިލްގެ ބައެއް މެންބަރުން/ ފޮޓޯ: އަދަދު

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ޝަހުބާން ފަހުމީ އެ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވައިލައި ނުވަ މެންބަރެއްގެ ސޮޔާއެކު މިއަދު ގަރާރެއް ނެރެފިއެވެ.

Ads by STELCO

އެމްއެމްސީގެ ނުވަ މެންބަރަކު ސޮއިކޮށް މި ގަރާރު ނެރެފައި މި ވަނީ ޝަހުބާންއާއި އޭނާގެ ބޭބެ އަލްހާން ފަހުމީގެ ހިއްސާ އޮންނަ ކުންފުންޏަކަށް މަނީ ލޯންޑަރގެ ތުހުމަތު ކުރެވިގެން ޝަހުބާން ފުލުހަށް ހާޒިރުކުރި މައްސަލައިގައެވެ. މިކަމާ ގުޅޭގޮތުން އެ މެންބަރުން ބުނެފައި ވަނީ މިއީ ގިނަ ނޫސްވެރިންގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ.

މީޑިއާތަކުގެ ބެލެނިވެރި ، އެއް ފަރާތްކަމަށްވާ އެމްއެމްސީ ހިންގުމާ ހަވާލުވެ ހުރި ފަރާތަކާ މެދު އެފަދަ ބޮޑު ތުހުމަތެއް ކުރެވުމުން މަގާމުން އިސްތިއުފާ ދޭން ކައުންސިލްގެ މެންބަރުން މީގެ ކުރިން އޭނާއަށް މުހުލަތެއް ދިން ކަމަށާއި އެ މުހުލަތު ވެސް މިހާރު ހަމަވެފައިވާ ކަމަށް ވެސް އެ ގަރާރުގައިވެއެވެ.

މުޅިއަކު 15 މެންބަރުން އެކުލެވޭ އެމްއެމްސީގެ އަގުލަބިއްޔަތުން ޝަހުބާން އިސްތިުފާ ދޭން ގޮވައިލަމުން ދިޔަ ނަމަވެސް ކައުންސިލްގެ ގާނޫނުގައި އޮންނަ ގޮތުން މެންބަރަކު ވަކި ކުރެވެނީ މަދުވެގެން 10 މެންބަރުންގެ ތާއީދު އޮވެގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!