އައްޑޫގެ މާރާމާރީއާ ގުޅިގެން 16 އަހަރުގެ ކުއްޖެއް ހައްޔަރުކޮށްފި

ސ. ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލުމުން މީހަކު މަރުވި މައްސަލައިގައި 16 އަހަރުގެ ކުއްޖަކު ހައްުޔަރުުކޮށްފިއެވެ،
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި އައްޑޫއިން ހައްޔަރުކުރީ 16 އަހަރުގެ ފިރިހެން ކުއްޖެކެވެ. މީގެ އިތުރުން ރަށުގެ އަމާންކަން ނަގައިލާން އުޅުނު އިތުރު ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ 18 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެކެވެ.
މިދިޔަ ބުދަ ދުވަހުގެ މެންދަމު ފޭދޫގައި ޒަހަމްކޮށްލި އުމުރުން 21 އަހަރުގެ މީހާ މަރުވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

Ads by Allied Insurance