Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސިޔާސީ މަޝްވަރާގައި ޝަމާލު ބައިވެރިވުމަކީ އެމްއެންޑީއެފަށް ހުތުރެއް: ޝިޔާމް

ސިޔާސީ މަޝްވަރާގައި ޝަމާލު ބައިވެރިވުމަކީ އެމްއެންޑީއެފަށް ހުތުރެއް: ޝިޔާމް

ސިޔާސީ މަޝްވަރާ މަޖިލީހެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލް ބައިވެރިވުމަކީ އެމްއެންޑީއެފަށް ހުތުރު ކަމެއް ލިބުނު ކަމެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝީޔާމް މިހެން ވިދާޅުވެފައި ވަނީ ރައީސް ޞާލިޙް މާމިގިއްޔަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި، ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރައީސް ސާލިހަށް މަރުހަބާ ވިދާޅުވުމަށް ވީއައިޕީ ލައުންޖުގައި ދެ ޕާޓީގެ އިސް ބައެއް ބޭފުޅުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި މޭޖަރ ޖެނެރަލް ޝަމާލް ބައިވެރިވެވަޑައިގަތުމުންނެވެ.

ޝަމާލް މިދަތުރުގައި ބައިވެރިވެ ވަޑައިގަންނަވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މި ދަތުރުފުޅުގައި ޝަމާލު ބައިވެރިވެ ވަޑައިގަތީ ކޮން ހައިސިއްޔަތަކުން ކަމެއް އެމްއެންޑީއެފްއިން ހާމަކުރައްވައިފައެއް ނުވެއެވެ.

Advertisement
Ooredoo — Square (box)

ޝިޔާމް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޝަމާލްގެ މި އަމަލަކީ އެމްއެންޑީއެފްއަށް ހުތުރެއް ކަމަށާއި، މިއަދު އެމްއެންޑީއެފްގެ ޤަދަރާއި ކަރާމާތް ގެއްލުވައިލައިފި ކަމަށެވެ.

"އެމްޑީޕީގެ އެންމެެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސް ޞާލިޙް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމާ އެކު ކުރިޔަށް ގެންދިޔަ ސިޔާސީ ބައްދަލުވުންތަކުގައި މޭޖަރ ޖެނެރަލް ޝަމާލު ބައިވެރިވުމަކީ އެމްއެންޑީއެފަށް ވެސް ހުތުރު އަމަލެއް. މުއައްސަސާގެ ޤަދަރާއި ކަރާމާތް މި މީހުން ގެއްލުވައިލައިފި" ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް