Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފައިސާގެ ދަހިވެތިކަމުގައި އަމިއްލަ ފިރިމީހާ މަރައިލި ގޮތް ކިޔައިދިން މީހާ އުމުރަށް ޖަލަށްލައިފި

ފައިސާގެ ދަހިވެތިކަމުގައި އަމިއްލަ ފިރިމީހާ މަރައިލި ގޮތް ކިޔައިދިން މީހާ އުމުރަށް ޖަލަށްލައިފި

ފައިސާގެ ދަހިވެތިކަމުގައި އަންހެނަކު އޭނާގެ އަމިއްލަ ފިރިމީހާ މަރައިލުމަށް ފަހު، އެކަން ކުރި ގޮތް ފޮތެއްގެ ސިފައިގައި ލިޔެ ޝާއިއުކޮށްފިއެވެ.

ނޭންސީ ކްރޭމްޕްޓަން ބްރޯފައި ނަމަކަށް ކިޔާ އުމުރުން 71 އަހަރުގެ މި އަންހެން މީހާ، އޭނާގެ ފިރިމީހާ ޑެނިއަލް ބްރޯފައި މަރައިލީ، އޭނާގެ ފިރިމީހާގެ ލައިފް އިންޝުއަރެންސްގެ ގޮތުގައި ލިބެން އޮތް 1.5 މިލިއަން ޑޮލަރު ހޯދުމަށެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި އޭނާގެ ފިރިމީހާ މަރައިލި އިރު އެމީހުންގެ ކައިވެންޏަށް ވަނީ 26 އަހަރު ފުރިފައެވެ.

އެކި ކަހަލަ ލޯބީގެ ވާހަކަ ލިޔުމުން މަޝްހޫރުކަން ހޯދައިފައިވާ ނޭންސީ ވަނީ އޭނާގެ ފިރިމީހާ މަރައިލުމަށް ފަހު "ހައު ޓު ކިލް ޔޯ ހަޒްބަންޑް"ގެ ނަމުގައި ވާހަކަފޮތެއް ލިޔެފައެވެ. އޭނާގެ ފިރިމީހާ މަރައިލި ގޮތް ކަމާބެހޭ ފަރާތްތަކަށް އެނގިފައި ވަނީ ވެސް އެ ފޮތުގެ ޒަރީޢާއިންނެވެ.

Advertisement
Allied — Dhen Online (box)

<img class="alignnone wp-image-154919 size-full" src="https://cdn.dhen.mv/wp-content/uploads/2022/06/125379703__103339493_brophy.jpg" alt="" width="976" height="549" />

އޮރެގޮންގައި ނޭންސީގެ ޝަރީއަތް ކުރިއަށް ދިޔައިރު އެ މައްސަލަ ބެލި ފަނޑިޔާރު ބުނެފައި ވަނީ، މިއީ ފައިސާއަށް ޓަކައި މީހަކު ވެއްޓެން ހުރި އެންމެ ދަށު ދަރަޖަ ކަމަށެވެ. އުމުރު ދުވަހަށް ޖަލަށްލާން ހުކުމް ކުރުމަށް ފަހު ނޭންސީއަށް އެ އަދަބު ލުއި ނުވާނޭ ގޮތް ހެދުމަށް ވެސް ސަމާލުކަން ދޭނެ ކަމަށް ފަނޑިޔާރު ބުނެފައިވެއެވެ.

ނޭންސީގެ ފިރިމީހާ ޑެނިއެލްއަކީ ކައްކާއެއްގެ އިތުރުން އޮރެގޮން ކަލިނެރީ އިންސްޓިޓިއުޓްގެ ޓީޗަރެއް ވެސް މެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް