ޚަބަރު

އެންމެ ރަނގަޅަށް ކުނި ވަކިކުރަނީ ހެންވޭރާއި ހުޅުމާލޭ ގެތަކުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާލެ ސަރަހައްދުގެ ގޭބިސީތަކުގެ ތެރެއިން އަލަށް އުފެއްދި ގަވާއިދާ އެއްގޮތަށް، ކުނި ވަކިކޮށްގެން ނެރޭ ގޭބިސީތައް އެންމެ ގިނައީ ހެންވޭރާއި ހުޅުމާލޭ ގެތަކުން ކަމަށް ތަފާސް ހިސާބުން ދައްކައިފިއެވެ.

Ads by Sosun Fihaara

އެންވަޔަރަމެންޓް މިނިސްޓަރު ޝައުނާ ހިއްސާ ކުރައްވައިފައިވާ ތަފާސް ހިސާބަށް ބަލާއިރު، އެންމެ ރަނގަޅަށް ކުނި ވަކިކުރަނީ ހެންވޭރުގެ ގެތަކުންނާއި ހުޅުމާލޭގެ ގެތަކުންނެވެ. މި ޑާޓާ ހިއްސާ ކުރައްވަމުން ޝައުނާ ވިދާޅުވީ، ގިނަ ގޭބިސީތަކުން ވަރަށް ފުރިހަމައަށް އަދި ކޮންމެ ވެސް މިންވަރަކަށް ކުނި ބައިކުރާ ކަމަށެވެ. އަދި މިއީ ދެ ހަފްތާގެ ނަތީޖާ ކަމަށާއި މިކަން ރަނގަޅުކުރެވޭނެ ކަމަށެވެ.

އުކައިލާން ނެރޭ ކުނި ވަކިކޮށްފައި ބަހައްޓަން ޖެހޭގޮތަށް ގަވާއިދަށް ބަދަލު ގެނެސް, އެއަށް އަމަލުކުރަން ފެށީ މި ޖޫން މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ. މި ބަދަލަށް ދެ ހަފުތާވެފައިވާއިރު ވެމްކޯއިން އަންނަނީ ކޮންމެ ދުވަހަކު ކުނި އުކައިލާ ގޮތްތައް ބަލައި، އެ ޑޭޓާތައް އެއްކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!