Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މި ޒަމާނުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނީ ރޭވުންތެރިކަމާ އެކު: އައު ޗެއާމަން

މި ޒަމާނުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނީ ރޭވުންތެރިކަމާ އެކު: އައު ޗެއާމަން

މިޒަމާނުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނީ ސިސްޓެމެޓިކް ގޮތެއްގައި ރޭވިގެން ކަމަށް ސްޓެލްކޯގެ އައު ޗެއާމަން (ރޓޑ) އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއަށް 25 އަހަރު ފުރުމާ ގުޅިގެން އެ ކުންފުނީގައި މިއަދު ހެނދުނު ބޭއްވި ކޭކު ފެޅުމުގެ ހަފްލާއެއްގައި ޗެއާމަން ދީދީ ބައިވެރިވެވަޑައިގެން ވިދާޅުވީ ސަރުކާރުން ސްޓެލްކޯ އުފެއްދީ ވަރަށް މާތް މަގުސަދެއްގައި ކަމަށާއި އެއީ ކުންފުނިން ދޭ ހިދުމަތް އެއް ދުވަހުން އަނެއް ދުވަހަށް ފުޅާކޮށް މިއަދަށް ވުރެ މާ ރަނގަޅު ހިދުމަތްތަކެއް މާދަމާއަށް ތައްޔާރުވުމަށް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޗެއާމަން ދީދީ ވިދާޅުވީ، ސްޓެލްކޯ މިއަދު ވަރަށް ފުރިހަމަ ކުންފުންޏަކަށް ވެފައިވާ އިރު ސްޓެލްކޯއަކީ ވިޔަފާރި ކުންފުންޏެއްގެ ބަދަލުގައި ރައްޔިތުންނަށް ހިދުމަތް ކުރަން އޮތް ކުންފުންޏަކަށް ވާންޖެހޭނެ ކަމަށެވެ.

Advertisement
Allied — Dhen Online (box)

"ސްޓެލްކޯގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އަބަދުވެސް ޒިންމާއަކީ ކުންފުންޏަށް ރަނގަޅު ތަރައްގީތަކެއް ލިބި, ދައުލަތަށާއި ރައްޔިތުންނަށް މި ކުންފުނީގެ ހިދުމަތް ލިބުން. އެގޮތުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އިހުލާސްތެރިވެ, ތެދުވެރިވެ ހިތްވަރު ކުރުމަށް އަޅުގަނޑު ނަސޭހަތްތެރިވަން" ދީދީ ވިދާޅުވިއެވެ.

މިއަދު ބޭއްވި މި ހަފްލާއަކީ ޗެއާމަންކަމާ ދީދީ ހަވާލުވެވަޑައިގަތުމަށް ފަހު އެމަނިކުފާނު ބައިވެރިވެވަޑައިގަތް ސްޓެލްކޯގެ ފުރަތަމަ ބައްދަލުވުމެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް