ޚަބަރު

ރަސްފަންނު ނުދިނުމުން ޔޯގާ ހަރަކާތް ގަލޮޅު ދަނޑަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއަން ކަލްޗަރަލް ސެންޓަރާއި ޔޫތް މިނިސްޓްރީއާ ގުޅިގެން ގުޅިގެން މާދަމާ ބާއްވާ ޔޯގާ ހަރަކާތަށް، ރަސްފަންނު ދޫނުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމުމުން، ގަލޮޅު ދަނޑުގައި އެ ހަރަކާތް ކުރިއަށް ގެންދަން ނިންމައިފިއެވެ.

Ads by MWSC

އާންމުންގެ ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށް ބުނެ ރަސްފަންނުގައި މި އިވެންޓް ބާއްވަން މާލެ ސިޓީ ކައުންސިލުން ހުއްދައެއް ނުދިނެވެ. ރަސްފަންނު ސަރަހައްދަކީ މާލޭ ސިޓީ ކައުންސިލްގެ އިޙްތިޞާޞްގައިވާ ތަނެކެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް، ރަސްފަންނުގައި ހަރަކާތެއް ބާއްވަން ނިންމައި، ރަޖިސްޓްރީވުމަށް ޔޫތު މިނިސްޓްރީން ވަނީ މި މަހުގެ 12ވަނަ ދުވަހު ވަނީ ހުޅުވާލައިފައެވެ. ފުރުޞަތު ހުޅުވައިލި އިޢުލާންގައި ޔޯގާއިން ލިބިދޭ ފައިދާތައް ވެސް ބަޔާންކޮށްފައިވެއެވެ. އެއާއެކު ބައެއް ފަރާތްތަކުން މި ހަރަކާތް ބާއްވާތީ ވަނީ ފާޑު ކިޔާފައެވެ. މީސްމީޑިއާގައި ޚިޔާލުފާޅު ކުރި ފަރާތްތަކުން ބުނެފައި ވަނީ ޔޯގާއަކީ އިރަށް އަޅުކަން ކުރުމުގެ ހަރަކާތްތަކެއް ހިންގާ ހަރަކާތްތަކެއް ކަމަށެވެ.

އިވެންޓް ބޭއްވުމަށް މިހާރު ނިންމައިފައިވާ ގަލޮޅުދަނޑަކީ ޔޫތު މިިނިސްޓްރީގެ ދަށުގައި އޮންނަ ތަނެކެވެ.

Ads by Ooredoo
  1. ދިވެހިރާއްޖެއަކީ އުތީމް ބޮޑުތަކުރުފާނުގެ އިސްލާމީ ދައުލަތް، މިތާގައި އެއްވެސް ޢައިރު ދީނުގެ ޝިޢާރެއް ފާޅެއް ނުކުރެވޭނެ ، ޢައިރު ދީންތަކުގެ މީހުން އެމީހުންގެ އަޅުކަން ކުރާނީ އެމީހުންގެ އެމްބަސީ ތަކުގައި އެމީހުން ދިރިއުޅޭ ގޭގައި !

  2. ޔޯގާ އަށް ނޫނެކޭ ބުނޭ