ޚަބަރު

ޒަޔާން މަރާލި މައްސަލަ: އިތުރު ދެ މީހަކު ހައްޔަރުކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ފުލުހުން، ޕޮލިސް، police
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ -- ދެން އިމޭޖްސް/އިބްރާޙީމް ޝަމްވީލް

މި މަހުގެ ދެވަނަ ދުވަހު އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރައިލި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by STELCO

ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގުމުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ފޭދޫގެ 21 އަހަރުގެ ޒުވާނާ މަރުވީ މިމަހުގެ ދެވަނަ ދުވަހުއެވެ. މަރުވެފައި ވަނީ ފޭދޫ ސޮލިޑް މުހައްމަދު ޒަޔާން މޫސާއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތުހުމަތުގައި މިއަދު ހައްޔަރުކޮށްފައި ވަނީ 24 އަހަރާއި 28 އަހަރުގެ މީހެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން މި މަހުގެ 18ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ 18 އަހަރުގެ ދެ މީހުންނާއި 22 އަހަރުގެ މީހަކާއި އަދި 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައެވެ.

އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 18 އަހަރުގެ އެކަކަށް އަދި 22 އަހަރުގެ މީހާއަށް 15 ދުވަސް އަދި 24 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި 18 އަހަރުގެ އަނެއް މީހާ ކޯޓުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއްވައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!