Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ދައުރުވަމުންދާ ވީޑީއޯގައި ފެންނަނީ އަޅުގަނޑެއް ނޫން، ދައުވާ ކުރާނަން: ނާޒިމް

ދައުރުވަމުންދާ ވީޑީއޯގައި ފެންނަނީ އަޅުގަނޑެއް ނޫން، ދައުވާ ކުރާނަން: ނާޒިމް

މީސްމީޑިއާގައި ދައުރުވަމުން އަންނަ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯގައި ފެންނަނީ އޭނާ ނޫން ކަމަށް ޤާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ކޮއްކޯފުޅު، ނާޒިމްގެ ވީޑިއޯއެއް ދައުރުވަމުން އަންނަ ކަމަށް އޮންލައިން މީޑިއާ "ދިޔަރެސް"އިން ވަނީ ރިޕޯޓްކޮށްފައެވެ. މިކަމާ ގުޅޭ ގޮތުން "ދެން"އިން ސުވާލު ކުރުމުން ނާޒިމް ވިދާޅުވީ، ރިޕޯޓްކޮށްފައި ވަނީ ދޮގު ޚަބަރެއް ކަމަށާއި އެކަމާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށެވެ. އަދި ވީޑިއޯއިން ފެންނަނީ އޭނާ ނޫން ކަމަށް ވިދާޅުވިއެވެ.

"ދިޔަރެސް"އިން ވަނީ ނަން ހާމަނުކޮށް ފުލުހުންގެ އިސްވެރިޔަކާ ހަވާލާދީ، ދައުރުވާ ވީޑިއޯއަކީ އޭނާގެ ވީޑިއޯއެއްކަމަށް ފުލުހުގައި ނާޒިމް އެއްބަސްވެފައިވާކަމަށް ރިޕޯޓްކޮށްފައެވެ. އަދި ވީޑިއޯ ދައުރުކުރާ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

މިކަމާ ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް