Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ނާޒިމްގެ ޕާސްޕޯޓް ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުން: ފުލުހުން

ނާޒިމްގެ ޕާސްޕޯޓް ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުން: ފުލުހުން

ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު، ނާޒިމް އަބްދުއްސައްތާރުގެ ޕާސްޕޯޓް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ނާޒިމްގެ ޕާސްޕޯޓް ހިފަހައްޓައިފައި ވަނީ އޭނާ ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވެފައި ވަނިކޮށެވެ. ރޭގެ ވަގުތެއްފައި އޭނާ ވަނީ ސުވާލު ކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ.

އާންމުވި ވީޑިއޯއެއްގައި ފެންނަނީ ކޮޓަރިއެއްގެ ތެރޭގައި ބަރަހަނާވެގެން ބަޔަކު އެއްޖިންސުން ގުޅުން ހިންގާ ތަނެވެ. ނާޒިމް ވަނީ ވީޑިއޯގައި ފެންނަނީ އޭނާ ނޫން ކަމަށާއި އެއީ ބްލެކްމެއިލްކުރަން ބަޔަކު ހަދައިގެން އުޅޭ ވީޑިއޯއެއް ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް