ޚަބަރު

ނަރީޝްގެ ރައްދު ނަޝީދަށް: އެމްޑީޕީން ގެނައި ބަދަލަކީ ފާހިޝް އަމަލުތައް އާއްމު ކަމަކަށް ހެދުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސައުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން މިއަދު ރާއްޖެއަށް ގެނައި އެންމެ ބޮޑު ބަދަލަކީ ފާހިޝް އަމަލުތަކާއި މުންކަރާތްތައް އާއްމު ކަމަކަށް ހެދުން ކަމަށް މާލޭ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

Ads by MWSC

ނަރީޝް މިހެން ވިދާޅުވީ އެމްޑީޕީގެ 17ވަނަ އަހަރީ ދުވަހާ ގުޅިގެން ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ޓެކްސްގެ ނިޒާމް ތައާރަފްކޮށް، ދައުލަތުގެ އާއްމުދަނީ އިތުރުކޮށް، ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދީ، ރާއްޖެ ބަދަލުކޮށްދިނީ އެމްޑީޕީން ކަމަށެވެ.

މިކަމަށް ރައްދު ދެއްވަމުން ނަރީޝް ވިދާޅުވީ، އެމްޑީޕީން ބަދަލު ގެނެސްފި ކަމަށާއި، އެއީ ރަސޫލާއާއި އިސްލާމްދީނަށް ފާޅުގައި ފުރައްސާރަކޮށް އެއްޖިންސުން ގުޅުން ހިންގައި ގުރޫޕް ހަދައިގެން ފާހިޝް އަމަލްތައް ހިންގުން ޤައުމުގައި އާއްމު ކަމަކަށް ހެދުން ކަމަށެވެ.

ނަރީޝް މިހެން ވިދާޅުވެފައި ވަނީ، އެމްޑީޕީގެ މެންބަރެއް އެއް ޖިންސުން ގުޅުން ހިންގާ ވީޑީއޯއަކާއި އެމްޑީޕީގެ މަޖިލިސް މެންބަރެއްގެ ބަރަހަނާ މަންޒަރު ހިމެނޭ ފޮޓޯއެއް ދައުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

ނަރީޝްގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ، މިއަދު އެމްޑީޕީން ފާހިޝް އަމަލުތައް ހިންގާ މީހުންނަށް ގާނޫނީ ރައްކާތެރިކަން ހޯދައިދީފި ކަމަށާއި ދީނަށް ފުރައްސާރަކުރި މީހުންނާއި ފާހިޝް އަމަލުތައް ފާޅުގައި ހިންގާ މީހުން ދައުލަތުގެ ބޮޑުންނަށް ހަދައިފި ކަމަށެވެ. އަދި މިގައުމުގެ މިނިވަންކަމައި ސިޔާދަތު ނަގާލައި އަޅުވެތިކޮށް، އަދުލު އިންސާފަކީ ލިބެން ނެތް އެެއްޗަކަށް ހަދައިފި ކަމަށް ވިދާޅުވިއެވެ.

Ads by Ooredoo
  1. ފޯމިއުލާ

    ދެންވެސް އެންމެން އެއްގަލަކަށް އަރަންވީ. ސިޔާސީ ޕާޓީތައް އުވާލަންވީ. ﷲ ހަރާމް ކުރެއްވި އެންމެހާ ވިޔަފާރިތައް ބަންދުކުރަންވީ. ދުނިޔެއަށްވުރެ އާޚުރަތް އިސްކުރަންވީ. އޭރުން ގައިމު މުޅި ގައުމަށް ހަމަޖެހުން އަންނާނެ!