ޚަބަރު

ޔޯގާ ހަރަކާތަށް ހުރަސް އަޅައިގެން ހައްޔަރު ކުރި މީހުންގެ އަދަދު 21އަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

2022 ޖޫން 21ވަނަ ދުވަހުގެ ހެދުނު ނެޝަނަލް ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށް އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން 2022 ޖޫން 25ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ ނ. މިލަދޫ، ކާރނޭޝަންމާގެ، އަބޫބަކުރު ފާރިޢު (25އ)އާއި ފ. ދަރަނބޫދޫ، އާބާދީގުލްޝަން، ޝަބިމް އާދަމް (31އ)އެވެ. އެމީހުންގެ ތެރެއިން އަބޫބަކުރު ފާރިޢު 60 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ އިރު ޝަބިމް އާދަމް ބަންދު ކުރުމަށް އަމުރު ކޮށްފައި ވަނީ 10 ދުވަހަށެވެ.

މި މައްސަލައާ ގުޅިގެން މިހައިތަނަށް އެކު ޖުމުލަ 21 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން، 2022 ޖޫން 21ވަނަ ދުވަހު ހަ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ ހަ މީހުންނަކީ  ކ. ތުލުސްދޫ، ވީނަސް، މުޙައްމަދު ނަދީމް (43އ) އާއި ކ. މާލެ، މއ. ކަނުހުރާ، މުޙައްމަދު ޛިލްޔަން (37އ) އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ) އާއި ތ. މަޑިފުށި، ހެޕީސައިޑް، މުޙައްމަދު މަޢުޞޫމް (40އ) އާއި ހއ. ތުރާކުނު، ގްރީންހައުސް، މުޙައްމަދު ޙުސައިން (47އ) އަދި ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަޙްމަދު (35އ) އެވެ. އޭގެ އިތުރުން، 2022 ޖޫން 22 ވަނަ ދުވަހު ވެސް ހަ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ ހަ މީހުންނަކީ، ހއ. ހޯރަފުށި، ޔާގޫތުގެ، މުޙައްމަދު އިސްމާޢީލް (48އ) އާއި ސ. ހިތަދޫ، އޯކިޑްވިލާ، އިބްރާހިމް ރައްޒާން (32އ) އާއި ލ. މާމެންދޫ، ސޯސަންވިލާ، އާދަމް ނިޝާން (38އ) އާއި ގއ. މާމެންދޫ، އަސްރަފީވިލާ، އަޙްމަދު ނަސޫޙް (26އ) އާއި ތ. ތިމަރަފުށި، ނަރުގިސްވިލާ، ޢަބްދުﷲ ރިފާޢު (31އ) އަދި ށ. މިލަންދޫ، ނާޒް، ފަޟްލޫން މުޙައްމަދު (33އ) އެވެ. 2022 ޖޫން 23ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ ކ. މާލެ، މ. ފަޅުމަތީގެ، އަޙްމަދު ޢަލީ (26އ) އާއި ކ. މާލެ، ގ. ކޮލަމްބިއާ، މުޙައްމަދު ޒީޝާން ނާޞިރު (30އ)އެވެ. 2022 ޖޫން 24 ވަނަ ދުވަހު، ނ. ވެލިދޫ، މިލާނޯ، އިބްރާހީމް ޒިހާނު (25އ) އާއި އއ. މާޅޮސް، ލަކީސްޓަރ، ޢަލީ މިރުޝާދު (31އ) އާއި ލ. މުންޑޫ، އަންނާރުމާގެ، މުޙައްމަދު ޝާން (32އ)އާއި ކ. މާލެ، ގ. ފީނިކްސް، ޢަބްދުﷲ ނިޔާޒު (41އ) އަދި ތ. ތިމަރަފުށި، ޢަލީއާބާދު، ޢަލީ މުޙައްމަދު (36އ) ވަނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

  1. ބުދައް އަޅުކަން ކުރުމާއި ޝިރުކު ކުރުން މިރާއްޖޭގައި ފަށަން ބަޔަކު އުޅުނަސް ދިވެހި ރައްޔިތުން އެފުރުސަތު ނުދޭނެ، ޔޯގާއޭ ކިޔާއިގެން ބިރުދައްކާ ޖަލައްލިޔަސް މުޢުމިނުން ﷲ ބިރުވެތިވާނެ، އެެހެން ފަރާތަކަށް ބޯ ނުލަބާނެ ! އެކަން ދިވެހި ތާރީހުވެސް ހެކިދޭނެ ! ޔޯގާ ހަރާމް! ޔޯގާ ހަރާމް ! ޔޯގާ ހަރާމް ! ބުދު ދީނުގެ އަޅުކަން ! ބުދު ދީނުގެ އަޅުކަން ! ބުދު ދީނުގެ އަޅުކަން !