Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފޯނު ބިލު ދައްކައިދޭ ނަމަ ގުޅާއިރަށް ފޯނު ނަގާނަން: މަހުލޫފް

ފޯނު ބިލު ދައްކައިދޭ ނަމަ ގުޅާއިރަށް ފޯނު ނަގާނަން: މަހުލޫފް

މަޖިލިސް މެންބަރުން ގުޅުއްވާއިރު ފޯނު ނުގަންނަވާ ކަމަށާއި އެކަން ހައްލު ކުރުމަށް ކުރެވޭނެ ކަމަކީ ކޮބައިތޯ ސުވާލު ކުރުމުން ، ފޯނު ބިލު ދައްކައިދޭ ނަމަ މެންބަރު ގުޅުއްވާއިރަށް ފޯނު ނަންގަވާނެ ކަމަށް މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމެންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހަށް ހާޒިރުކޮށް، ސުވާލު ކުރަން ލިބުނު ފުރުސަތުގައި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމަށް ލިބުނު ފުރުސަތުގައި މެންބަރު ވަނީ މަޙްލޫފްގެ ފޯނު ނަންގަވާނީ ކިހިނެތް ހެދީމަތޯ ވިދާޅުވެފައެވެ.

"އިއްޒަތްތެރި މަޖިލީހުގެ މެންބަރުންގެ ގުޅުއްވީމަ ފޯނު ނަންގަވާ ޖަވާބު ދެއްވާނީ ކިހިނެއް ހެއްދެވީމަތޯ" ޝަހީމް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

"އަޅުގަނޑުގެ ފޯނު ބިލް ދެއްކީމަ ހަމަ ގުޅުއްވާއިރަށް ޖަވާބު ދޭނަން" ޖަވާބުގައި މަޙްލޫފް ވިދާޅުވިއެވެ.

މަޙްލޫފް ވިދާޅުވީ، މަޖިލިސް މެންބަރުންގެ ފޯނަށް 90 ޕަސެންޓް ޖަވާބު ދޭ ކަމަށާއި ހުރިހާ ފަހަރެއްގައި ޖަވާބު ނުދެވިދާނެ ކަމަށެވެ. އަދި ފޯނަށް ޖަވާބު ނުދެވުމަކީ، ފޯނު ނުނަންގަވާ ގޮތަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ވިދާޅުވީ، ކައުންސިލްތަކަށް ޖަވާބު ދޭން ޖެހޭ ކަމަށާއި މަޖިލިސް މެންބަރުންނަށް ޖަވާބު ދޭން ޖެހޭ ކަމަށާއި ހުރިހާ އޮފީސްތަކެއްގެ ޖަވާބު ދޭން ޖެހޭ ކަމަށެވެ. މިގޮތަށް ބައެއް ފަހަރު ފޯނު ނުނެގުނަސް، ކޮމިއުނިކޭޝަން ގޯސް ނޫން ކަމަށް ވިދާޅުވިއެވެ.

"އިއްޒަތްތެރި މެންބަރުގެ ދާއިރާގެ ރަށެއްގައި ޕްރޮޖެކްޓެއް ހިންގާ ކަމަށް ވަންޏާ، ރަށަކަށް ސިޓީއެއް ފޮނުވަންޏާ ތި ބޭފުޅުނަށް ފޮނުވަން. ދެން އެހައިކަންހައި ވަރަށް ކަންނޭނގެ ތިބޭފުޅުންނާ ކޮމިއުނިކޭޝަން ރަނގަޅު ކުރެވޭނީ" މަޙްލޫފް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް