ޚަބަރު

މަޖިލީހަށް ހާޒިރުވެ ވަޑައިނުގަންނަވާ ސަބަބު ޤާސިމް ހާމަ ކުރައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލިސް ހިންގަމުންދަނީ މަޖިލިސް ހިންގުމަށް އޮތް ހަމަޔާއި އުސޫލުން ބޭރުން ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މަޖިލީހަށް ހާޒިނުވާ ސަބަބާ ގުޅޭ ގޮތުން ރޭ ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ މަޖިލީހުގައި ކަންކަން ހިނގަމުންދަނީ އޮންނަ ހަމަޔާއި އުސޫލުގެ ބޭރުންކަމަށެވެ.

މަޖިލިސް ހިންގުމަށް ގަވާއިދާއި އުސޫލެއް އޮތް ނަމަވެސް މަޖިލިސް ހިންގަނީ އެއަށް ނުބަލައިކަމަށް ޤާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަޖިލީހަށް ދިޔަޔަސް އަދި ނުދިޔަޔަސް އެ ތަނުން ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށެވެ.

ކަންކަން ހަމައިން، އިންސާފުން ނެއްޓުނީމާ އަޅުގަނޑަށް ވަރަށް އުނދަގޫވޭ. އެ އުނދަގޫ ވާތީ އަޅުގަނޑަށް އެތަނަށް މަޖިލީހުގައި ނީދެވެނީ ވެސް މިހާރު. މަޖިލީހަށް ނުދެވެނީ ވެސް. އެތަނުގައި ގަވާއިދެއް އޮތަސް އެއަށް ހުރުމަތްތެރިކޮށް ހިތިގެން ކަންތައްތައް ދާމަންޒަރެއް އަޅުގަނޑުމެންނަކަށް ނުފެނޭ.

ޤާސިމް ވިދާޅުވީ މިހާރު އޮތް މަޖިލީހަށް މެމްބަރުން އިންތިޚާބުކުރިއިރު ވެސް އެއްޕާޓީއަކަށް ބޮޑު އަޣުލަބިއްޔަތެއް ދީފިނަމަ ކަންކަން ވާނެ ގޮތް ވިދާޅުވިކަމަށެވެ. ނަމަވެސް އެކަން ގަބޫލުނުކޮށް ގިނަ ގޮނޑިތަކެއް އެއްޕާޓީއަކަށް ދިނުމުން މިހާރު އޭގެ ނަތީޖާ ފެންނަމުންދާކަމަށް ޤާސިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހޮވިއިރު އަޅުގަނޑު ބުނިން މިހައިގިނަ މެމްބަރުން އެއްޕާޓީއަކަށް އަޣްލަބިއްޔަތު ލިބިއްޖިއްޔާ ދެން ވާނީ ކިހިނެއްކަން. އޭރުގެ ރެކޯޑިން އަޑުއައްސަވައިލެއްވީމަ އެނގޭނެ.

ދޮޅު އަހަރުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތަކަށާއި، ކޮމެޓީތަކަށް ވަޑައިނުގެން ހުންނެވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް މަޖިލީހުގެ ޖަލްސާއަކަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އޭގެ ފަހުން ޤާސިމް މަޖިލީހަށް ވަޑައެއްނުގަންނަވައެވެ.

Ads by Allied Insurance
  1. ޮއަލަމްގިރި

    މުސާރަ ހިނގާތޯ އެވަރުންވެސް؟ ވިލާ ކުންފުނިން މެމްބަރުން ނަށް މުސާރަ ދޭނަމަ އޯކޭ އެންމެ ޖަލްސާއަކަށް ނުދިޔަސް

  2. ޑިމޮކްރަސީ

    މުސާރަ ނަގައިގެން ގޭގަ ހަމައާ އުޞޫލުން ނުދާނަމަ އެކަންފާޅުކޮށް މަޖްލީހުގެ ތަޅުމުގަ ރައްޔިތުންގެ ޙައްޤުގަ ވާހަކަދެކެބެނޖެހަެނެދޯ ރައްޔިތުންގެ ޓެކްސްފައިސާއިން މުސާރަދެނީ ގޭގަ އޮންނާކަށްނޫން ރައްޔިތުންނަށް ހެބލވެއްއެދޭ އެކަކުވެސްނެތް ތިމާގެ ބޮޑި ބަދެވޭތޯ ކޮންމެ މީހަކުވެސް ބަލަނީ

  3. ކަޅުބެ

    ދެންކިޔާ ތިޔަހެން ! މަޖިލީހޭ! ޤާނޫނޭ!ޤަވައިދޭ ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ކައިގެން ގޭގައި މަޑުކޮއްލާ ވަކިއެއްޗެއް އަންގަންދެން!

  4. ކަރުގޮހޮރު

    ެކީހާފަރިއްސެއް ޅެމަށް ބަދަލުވާތަން މިފެންނަނީ، ޖޭޕީގެ ވެސް ބަހާއަމަލާ ދިމާނުވާކަން އެނގިއްޖެ.

  5. ދެނ އިސްތިއުފާ ދީ

  6. ގާކީން

    މުސާރަ ނުނަގާ ބަހައްޓާ. ނުދެވުނީމަ ގޯސްމިވީ މަޖިލިސް. ހިސާބަށްވުރެ ކަންނެއްވީމަ ވާގޮތެއްތީ.
    ކުރީގެ މަޖިލިސްތަކާ ޚިލާފަށް ގިނަ މަސައްކަތްތައްކެއް ކުރަމުން އަންނަ މަޖިލިހެއް މިހާރު އޮތީ

  7. ދެން މުސާރަ….

  8. ޖެނެރަލް ސީސީ

    ރައްޔިތުންގެ މަޖިލީހެކޭ ބަކަރި ކޮއްޓެކޭ ބައެއްފަހަރު ތަފާތެއް ނެތް. އަނެއްބައިފަހަރު ވަކި ބައެއްގެ މަސްލަހަތު ދިފާއުކުރަން މަސައްކަތްކުރާ ގޭންގެކޭވެސް ތަފާތެއް ނެތް. އަނެއްބައިފަހަރު އިސްލާމްދީނުގެ ފޮތުގައި ކޮޅުފައިން ޖަހައި ދީން މުގުރާލަން އުޅޭ ވަހުޝީ ބައިގަނޑެއް އުޅޭ ތަނެއްހެންވެސް ހީވޭ. ގާސިމްވެސް އެމީހުންނާ ނުގުޅި އިހަށް އަރާމް ކޮށްލައްވާ. ފާހިޝް އަމަލުތައް ނުބެލި، އިންޑިއާ އައުޓް ގޮވާ މައްސަލަ ބަލާ ކަހަލަ ލާދީނީ މަޖިލީހެއްގަ އިނދެ ލާދީނީ ފިކުރުތަކަށް ގޮވާލާ އިސްލާހުތަކާ ބިލްތަކަށް ވޯޓު ދިނުމަކީ ބޮޑު ފާފައެއް.

  9. މުޖުތާޒު

    ގާސިމް އެދެއްކެވީ ވަރަސްރަގަޅު ވާހަކައެއް

  10. ކުޑަބޭ

    ރައްޔަތުންގެ ޓެކުސްފައިސާ ބަޑުއަޅާގެން ކަލެއަށް ހަރާމްވާނެތިފައިސާ އަނެއްކާވެސް ޅެމާއިފަރިހި ބަދަލުވީ ލުއްޗާވެރިކަމާއި،ހޭބަލިވެގެން ދޯ!މިރާއްޖޭގެ ރައްޔަތުން ރައީސަކަށް ކަލޭ ނޮހޮވާނެކަންޔަގީން،،ކޮވިޑުގެ ހާލަތުގައި ކަލޭކާރީގައި އުޅުނު ކިތަންމީހުން މުސާރަނުދީ ބޭރުކުރިންތޯ؟؟ ކޮވިޑުހާލަތުގައި،ކޮވިޑަށް ފިލާގެން މަޖިލިހަން ހާޒިރުނުވެ ރިސޯޓުގައިއޮތީ،ރާއްޖެއަށް ދިމާވާ އެފަދަކޮންމެހާލަތެއްގައިވެސް އެތަށްބަޔަކަށް މުސާރަކޮޅުވެސް ނުދީ ވަޒީފާއިން ވަކިކުރަނީ ސުނާމީގެ ކާރިސާގައިވެސް ހެދީ ހަމައެން ކަލެއަށްވުރެ،،މޮޔަ ޖާބިރު ރައީސަކަށް ހޮވިޔަސް ރައްޔަތުންނަށްމާރަގަޅުވާނެ ޔަގީން!!!!!

    • ޙެޔޮހިތުން.

      ޥ.ރަގަޅު ވާހަކައެެއް

  11. ތުނިޔަ

    ގާސިމަކީތިބުނާގަޓުހުރިނަމަ އަވަހައް ކޯލިދަނުން ވަކިވޭ އަސްލާމްދިނަނަށާއި ގައުމަށްވަފާތެރިވޭ

  12. ބުކުރީ

    އެހެންވެއްޖިއްޔާ އިސްތިއުފާ ދީފަ ގޭގަ އޮތީމަ ނިމުނީނު. އޭރުން ގައިމު ރައްޔިތުންގެ ޓެކްސް ފައިސާނުޖެހޭނެ ދޯ ތިމެމްބަރަކަށް ޚަރަދު ކުރާކަށް.

  13. ކަށި

    ޢަވަހަށް ދެތިންފަޅުރަށާ 6 އެއްކަފަޅާ މިސޮރައްދީ އެއިރުން މިހާރުތިއްދައްކާ ވާހަކަތައް މަތިން ހަދާން ނެތޭނެ