ޚަބަރު

އައިޖީއެމްއެޗްގެ އެޓެންޑެންޓުންނަށް ދޭންޖެހޭ އިނާޔަތްތަކެއް ނުދީ އެތައް ދުވަހެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އައިޖީއެމްއެޗް ހޮސްޕިޓަލު/ ފޮޓޯ: ދެން އިމޭޖްސް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި އެޓެންޑުންގެ ގޮތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބެންޖެހޭ މުހިންމު އިނާޔަތްތަކެއް، އެ މުވައްޒަފުންނަށް ނުދީ ވަރަށް ގިނަ ދުވަސްވެފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by Hajj Corporation

"ދެން"އަށް އެނގިފައިވާ ގޮތުގައި އައިޖީއެމްއެޗްގައި މަސައްކަތްކުރާ އެޓެންޑެންޓުންނަށް ނުދީ ގިނަ ދުވަސްވެފައި ވަނީ އެމީހުންނަށް ރޯދަ މަހު ރޯދަވީއްލުމަށާއި ހާރުކެއުމަށް ލިބެންޖެހޭ އިނާޔަތާއި ޔުނިފޯމް ފެހުމަށް ކޮންމެ އަހަރަކު ދޭން ޖެހޭ އިނާޔަތެވެ.

ނަން ހާމަ ނުކުރުމަށް އެދި މިކަމާ ގުޅޭގޮތުން އެ ހޮސްޕިޓަލުގެ އެޑެންޓެންޑަކު "ދެން"އަށް މައުލޫމާތު ދެމުން ބުނީ ރޯދަވީއްލުމަށާއި ހާރުކެއުމަށް ބޭނުންވާ ކާނާ ގަތުމަށް އެޓެންޑުންނަށް ކޮންމެ އަހަރަކު ވެސް އިނާޔަތް ލިބެންޖެހޭ ކަމަށާއި ނަމަވެސް މި އަހަރުގެ ރަމަޟާން މަހުގެ އެ ފައިސާ އަދިވެސް ނުލިބޭ ކަމަށެވެ.

"އެމީހުން ގާތު މިދިޔަ މަހު ބުނެފައި އޮތީ މި މަހުގައި އެ ފައިސާ ލިބޭނެ ކަމަށް މުސާރައާ އެކީގައި. ނަމަވެސް އަދިވެސް ނެތް އެ ފައިސާ ލިބިފައެއް." މައުލޫމާތު ދިން މީހާ ބުންޏެވެ.

ރޯދަ މަހުގެ އެ އިނާޔަތުގެ ފައިސާގެ އިތުރުން އަހަރަކު ތިން ޔުނީފޯމް ފެހުމަށް ޓަކައި ކޮންމެ އަހަރަކު އެ މުވައްޒަފުންނަށް ދޭންޖެހޭ ޔުނީފޯމް ފައިސާ ވެސް ނުދީ އެތައް ދުވަހެއް ވަނީ ވެފައެވެ.

"ކޮވިޑް އައިއްސުރެ ފަށައިގެން ޔުނީފޯމް ލާރިއެއް އެމީހުންނަކަށް ނުލިބޭ. މިއަހަރުގެ މިއަދާ ހަމައަށް ނެތް ލިބިފައެއް. ނަމަވެސް އެޗްއާރްއިން އެމީހުން ގާތު މިއަދު ބުނެފައި ވަނީ މިއަހަރުގެ ޔުނީފޯމް ލާރި ލިބޭނެ ކަމަށް. ފާއިތުވީ ދެ އަހަރުގެ ޔުނީފޯމް ލާރިއަށް އެކަމަކު ނޭނގެޔޯ ވާނެ ގޮތެއް އެހެން ވެސް ބުނެފައި ވަނީ" މައުލޫމާތު ދިން މީހާ ބުންޏެވެ.

ޔުނީފޯމް ފައިސާގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ދޭން ޖެހެނީ 3000 ރުފިޔާ ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުނެފައިވެއެވެ.

މި އިނާޔަތްތަކުގެ އިތުރުން ކޮންމެ ރަމަޟާން މަހެއް ފެށުމުގެ ކުރިން މުވައްޒަފުންނަށް ދޭން ޖެހޭ ރޯދައިގެ އިނާޔަތްކަމުގައިވާ 3000 ރުފިޔާ ވެސް، މިއަހަރު އައިޖީއެމްއެޗްގެ ހުރިހައި އެޓެންޑެންޓުންނަށް ލިބިފައި ނުވާ ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުނެފައިވެއެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯދަން އައިޖީއެމްއެޗްގެ މީޑިއާ އޮފިސަރަށް ގުޅުމަށް ފޯނުން ޖަވާބެއް ނުދޭތީ އެ ފަރާތުގެ ބަހެއް ވަނީ ނުލިބިފައެވެ. އަދި  އެ މުވައްޒަފުންނަށް ލިބެން ޖެހޭ މި އިނާޔަތްތައް ނުދީ އެބަހުރިތޯއާއި ނުދެވި ލަސްވެފައި ވަނީ ކީއްވެތޯ މެސެޖްގެ ޒަރިއްޔާއިން ސުވާލު ކުރުމުން ވެސް ޖަވާބެއް ނުދެއެވެ.

Ads by HDC
  1. އަކްރަމް

    ނިކަން ކެރެންޔާ ޖަހާލަބަލަ ތިޔަ އެޓެންޑެންޓުން ދެއޮފް އިންނަތަނަކަށް އެއްއޮފް ނަގާގެން އިތުރުގަޑީގެ ފައިސާ ގިނައިން ނަގާވާހަކަ ، އެންމެން ދަންނަ ބޮޑު ސިއްރު އެއީ …… އަސްލު ނުޖެހޭ އެކަން އެގޮތަށް ކުރާކަށެއްް

    • ާބޮލުރޮދި

      ތިމިިިީިހުން ނައްނުވަަަާތީދޯ އޮފްދުވަަހު ނިކުންނަން ޖެހެނީ