Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ތެލުގެ އަގާ އެކު ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަނީ

ތެލުގެ އަގާ އެކު ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަނީ
ތެލުގެ އަގުބޮޑުވުމުން މާލެ ސަރަހައްދުގެ ޓެކްސީގެ ދަތުރުގެ އަގު ބޮޑުކުރަން ޑްރައިވަރުން މަޝްވަރާކުރަން ފަށައިފިއެވެ. މިހާރު އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 16.55 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ދެނީ 16.77 ރުފިޔާއަށެވެ. ތެލުގެ އަގު ބޮޑުވުމުން ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތަކާ އެކު، އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ސޮސައިޓީ ފޯ ޔޫތު އެންހޭންސްމަންޓްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެތައް ފަހަރެއްގެ މަތިން ޓެކްސީ ހިދުމަތުގެ އަގު ރިވިއުކޮށްދޭން ޓްރާންސްޕޯޓް މިނިސްޓްރީގައި އެދުނު ނަމަވެސް މިހައިތަނަށް އެކަމަށް އެއްވެސް ހައްލެއް ގެނެސްދީފައި ނުވާ ކަމަށެވެ. ތެލުގެ އަގު ބޮޑުވުމާ އެކު، މާލެ ސަރަހައްދުގައި ޓެކްސީގެ ދަތުރުތަކުގެ އަގު ބޮޑުކުރަން ސެންޓަރުތަކުންނާއި ޑްރައިވަރުން މިދިޔަ މާޗު މަހު ވެސް ސަރުކާރުގައި އެދުނެވެ. އެ މައްސަލައިގައި ޓެކްސީ ޑްރައިވަރުންނާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު ބަހުގެ ހަމަލާތައް ރައްދުކޮށް، މަޝްވަރާ ބައްދަލުވުންތައް ބޭއްވިޔަސް، އެ މައްސަލައިގައި ކޮޅެއް ނުފެނި، މައްސަލަ އޮތީ ހިނދިފައެވެ. އޭގެ ފަހުން ބައެއް ޑްރައިވަރުން ދަނީ އެ މީހުން ބޭނުން އަގެއްގައި ދަތުރުތައް ނަގަމުންނެވެ.

ޓެކްސީ އަގުތަކަށް ގެންނަން އުޅޭ ބަދަލު

- މާލެއާއި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް 40ރ.

- ހުޅުމާލެ ފޭސް 1އިން 2އަށް 40ރ.

- މާލެއިން ހުޅުމާލެއަށް 85ރ.

Advertisement
Ooredoo — Truecaller (box)

- މާލެއިން ހުޅުމާލެ ފޭސް 2އަށް 95ރ.

- މާލެއިން ހުޅުލެއަށް 85ރ.

- ހުޅުމާލެއިން ހުޅުލެއަށް 85ރ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް