Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ނޭޕާލްގައި ޕާނީ ޕޫރީ ވިއްކުން މަނާކޮށްފި

ނޭޕާލްގައި ޕާނީ ޕޫރީ ވިއްކުން މަނާކޮށްފި
ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ޕާނީ ޕޫރީ ވިއްކުން މަނާކޮށްފިއެވެ. އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި ޕާނީ ޕޫރީ ވިއްކުން މަނާކުރަން ޖެހުނީ، ޕާނީ ޕޫރީ ހަދަން ބައެއް ތަންތަނުން ބޭނުންކުރި ފެނުން ކޮލެރާ ޖައްސާ ބެކްޓީރިއާ ފެނިފައި ވާތީ ކަމަށެވެ. އެހެންވެ، އެ ބަލި އިތުރަށް ފެތުރުނަ ނުދިމަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޕާނީ ޕޫރީ ވިއްކުން މި ވަގުތަށް މަނާކުރީ ކަމަށް ބުނެފައި ވެއެވެ.

ނޭޕާލުގެ ހެލްތު މިނިސްޓްރީން ބުނީ އިއްޔެ އެ ގައުމުގައި ހަތް މީހަކު ކޮލެރާއަށް ފައްސިވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ފަސް މީހުންނަކީ ކަތަމަންޑޫގައި ދިރިއުޅޭ މީހުން ކަމަށް ބުނެފައި ވެއެވެ.

އެ ގައުމުގައި މިހާރު ކޮލެރާ ޖެހިފައިވާ 12 މީހުން އެބަ ތިއްބެވެ.

ޕާނީ ޕޫރީ އަށް އަޅަން ތައްޔާރުކޮށްފައި ހުންނަ ފެން ވެސް ގިނަ ގައުމުތަކުގައި ތައްޔާރުކުރަނީ ސާފުތާހިރު ކަމަށް މާބޮޑު ސަމާލުކަމެއް ނުދީއެވެ. އެހެންވެ ކަތުމަންޑޫގެ އިސް ވެރިންނަށް މިފަދަ ފިޔަވަޅެއް އަޅަން މަޖްބޫރުވީއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް