Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އަހަންނަކީ ހެވާއި ނުބައި ނުދަންނަ ފަގީރެއް: އެއްޖިންސުން ގުޅުން ހިންގާ އަލަމްގިރި

އަހަންނަކީ ހެވާއި ނުބައި ނުދަންނަ ފަގީރެއް: އެއްޖިންސުން ގުޅުން ހިންގާ އަލަމްގިރި

ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތައް ހިމެނޭހެން، ގިނަ ދިވެހިންނާ އެކު އެއް ޖިންސުން ގުޅުން ހިންގައިފައިވާ ބަނގްލަދޭޝްގެ އެމްޑީ އަލަމްގިރި މައާފަށް އެދޭ ވީޑިއޯއެއް އާއްމުވެއްޖެއެވެ.

އޮންލައިން ނޫސް "ސަން"އިން އާއްމުކޮށްފައިވާ މި ވީޑިއޯގައި އޭނާ ވަނީ ދިވެހި ރައްޔިތުން ކިބައިން މައާފަށް އެދޭ ކަމަށާއި، އޭނާ ކުރި ކުށުން ތައުބާ ވެއްޖެ ކަމަށް ބުނެފައެވެ.

ވީޑިއޯގައި އޭނާ އިތުރަށް ބުނެފައި ވަނީ، އޭނާއަކީ ފަޤީރެއް ކަމަށާއި، ހެވާއި ނުބައި އޭނާއަށް ނޭނގޭ ކަމަށެވެ.

Advertisement
Allied Insurance — Square (box)

"އަހަރެން ތައުބާ ވެއްޖައިން. މި ރާއްޖޭ ހުރިހާ މީހުން އަހަރެން މާފު ކޮށްދީބަލަ" އެ ވީޑިއޯގައި އެމްޑީ އަލަމަގިރި ބުންޏެވެ.

އަލަމަގިރިއާ އެކު، އެއްޖިންސުން ގުޅުން ހިންގާ ބައެއް މީހުންގެ ވީޑިއޯވަނީ އާއްމުވެފައެވެ. އޭގެ ތެރެއިން ފުރަތަމަ ލީކްވެފައި ވަނީ، ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ކަމަށް ބުނާ މީހެއްގެ ވީޑިއޯއެވެ. އޭގެ ފަހުން ކާނަލް ނަޝީދު އެ ކޮޓަރީގައި ހުރި ފޮޓޯއެއް އާއްމުވިއެވެ.

އެއްޖިންސުން ގުޅުން ހިންގާ އިތުރު ވީޑިއޯތަކެއް ބޭނުންކޮށްގެން ބްލެކްމެއިލް ކުރާ ކަމަށް ވަނީ އަޑު ފެތުރިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް