ޚަބަރު

އޫރިދޫ ސުޕަނެޓްގެ ހިދުމަތް ފިޔޯރީ އަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ގދ. ފިޔޯރީ އަށް ތައާރަފްކޮށްފި އެވެ.

Ads by Sosun Fihaara

މި ހިދުމަތާ އެކު އެ ރަށު މީހުންނަށް އެކި ކަހަލަ ޑޭޓާ ޕެކޭޖުތަކާއި، ހަލުވިކަމާ އެކު 100 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓް ބޭނުންކުރެވޭނެ އެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ވަރުގަދަ ނެޓްވޯކް ކަވަރޭޖަކާއި ހަލުވި ސްޕީޑެއްގައި އެ ހިދުމަތް ފިޔޯރީ މީހުންނަށް ފޯރުކޮށްދިނުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ.

ނިޔާޒު ވިދާޅުވިގޮތުގައި، އެ ހިދުމަތާ އެކު ފިޔޯރީ ރައްޔިތުންނަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ އެވެ.

އުރީދޫ ސުޕަނެޓް ޕެކޭޖުތަކަށް ދާދިފަހުން ގެނަ ބަދަލުތަކުގެ ތެރޭގައި އިންޓަނެޓްގެ ސްޕީޑް ފަސް ގުނައަށް އިތުރު ކުރުމާއި، 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ލިބޭ ގޮތް ވަނީ ހަދައިފަ އެވެ.

މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖަށް އެކުވާ ގޮތަށް ވެސް ވަނީ ހަދައިފަ އެވެ. އަދި ތުރޮޓުލް ސްޕީޑް ނުވަތަ ޑޭޓާ ޕެކޭޖު ހުސްވުމަށް ފަހު ލިބޭ ސްޕީޑް ހަލުއިވާނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!