Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޖިންސީ ގޯނާ ކުރިކަން ސާބިތުވެ ކާފައާއި މުނިކާފަ އުމުރަށް ޖަލަށް

ޖިންސީ ގޯނާ ކުރިކަން ސާބިތުވެ ކާފައާއި މުނިކާފަ އުމުރަށް ޖަލަށް
ދެ އަހަރު ނުފުރޭ ތުއްތު ކުއްޖަކު އެކި ފަހަރު މަތިން ރޭޕް ކުރި ތުހުމަތުގައި ހައްޔަރުކުރި އެ ކުއްޖާގެ ކާފަ ގއ. ކަނޑުހުޅުދޫ/ރިހިވެލި އިބްރާހީމް ދީދީ (62އ.)އާއި މުނިކާފަ, އެ ރަށު އަންނާރުމާގެ ހަސަން މޫސާދީދީ (82އ.)ގެ މައްޗަށް އެ ދައުވާ ސާބިތުވެ 25 އަހަރަށް ޖަަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން އެމީހުން ހައްޔަރުކުރީ 17 ޖެނުއަރީ 2020ގައެވެ.
މި ދެ މީހުންގެ މައްޗަށް ކޮށްފައި ވަނީ ޢާއިލާގެ މެންބަރަކު އެ ޢާއިލާގެ ކުޑަކުއްޖަކާ އެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއެވެ. ބުދަ ދުވަހު އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު ކުރެއްވި ހުކުމުގައި ވަނީ، މި ދައުވާ އެ ދެ މީހުންގެ މައްޗަށް ވެސް ސާބިތުވާ ކަމަށް ހުކުމް ކޮށްފައެވެ. އެމީހުން ބަންދުގައި ތިބި މުއްދަތު ހުކުމުން އުނި ކުރުމުން، އެމީހުން ތަންފީޒު ކުރަންޖެހޭ ޖަލު އަދަބަކީ 22 އަހަރާއި، 6 މަހާއި 10 ދުވަހެވެ.
އެ ކުށުގެ އުގޫބާތެއްގެ ގޮތުން އެ ދެމީހުން ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކުން އަމަލު ކުރުމުގެ ގާނޫނުގެ ދަށުން 25 އަހަަރަށް ޖަލަށްލުމަށް ގާޒީ ހުކުމް ކުރެއްވިއެވެ. 2020ވަނަ އަހަރުގެ ޖަނަވަރީމަހު ފެންމަތިވީ މި މައްސަލައިގައި އެދެމީހުން ހައްޔަރު ކޮށްފައި ވަނީ، އެ ކާފައާއި މުނިކާފަ ތުއްތު ކުއްޖާ ރޭޕް ކުރިކަން ކުއްޖާގެ މަންމަ ފަރާތު އާއިލާއަށް އެނގިގެން އެކަން ކަމާ ބެހޭ ފަރާތަށް އެންގުމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް