ނަސީރު ބުނީ އެމްޑީއާ އެކު އޮންނަނީ ޕްރަފެޝަނަލް ގުޅުމެއްކަމަށް

ލިވާތުކުރާ ވީޑިއޯއެއް އާއްމުވެފައިވާ ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު ، ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމުގެ ދިފާއުގައި ވާހަކަދައްކައިފިއެވެ.
ނަސީރުކުރި ޓްވީޓްގައި ބުނެފައި ވަނީ، އޭނާ ރާއްޖެ ޓީވީގައި 7 އަހަރު މަސައްކަތް ކުރި ކަމަށާއި ވަކިވިތާ ދޮޅު އަހަރު ވެއްޖެ ކަމަށެވެ. އަދި ރާއްޖެ ޓީވީގެ އެމްޑީ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، އެ ޓީވީ ޗެނަލްގެ ހުރިހައި މުވައްޒިފުންނާ އެކު ވެސް ބާއްވާފައި ވަނީ ވަރަށް ޕްރޮފެޝަނަލް ގުޅުމެއް ކަމަށް ބުނެފައިވެއެވެ.
ނަސީރު މިހެން ބުނެފައިވާ އިރު، ނަސީރު ފެންނަ ލިވާތު ކުރާ ވީޑިއޯގައި މޫނު ނުފެންނަ މީހާއަކީ ސަލީމު ކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ. މި ތުހުމަތު ދޮގުކޮށް، މައްސަލަ ބަލައިދިނުމަށް ފުލުހުންނަށާއި ކޯޓަށް ސަލީމް ވަނީ ހުށަހަޅައިފައެވެ.
"ވީޑިއޯއަކާ ގުޅުވައިގެން ސަލީމަށް ނިސްބަތްކޮށް ދިޔަރެސްގައި ލިޔެފައި ވަނީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް" ނަސީރުގެ ޓްވީޓްގައިވެއެވެ.
މި ޓްވީޓް ކުރުމަށް ފަހު ނަސީރު ވަނީ ހޭންޑަލް ޑީއެކްޓިވޭޓްކޮށްފައެވެ.







ކޮމެންޓް