ޚަބަރު

ގޮތަބަޔާއަށް ހިމާޔަތްދިނުމުގެ ރާއްޖެއާ މެދު ނުރުހުން ފާޅުކޮށް މުޒާހަރާކުރަނީ

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން

ސްރީލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސް ފިއްލަވައިގެން ދިވެހިރާއްޖެއަށް ވަޑައިގަތުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް، ސްރީލަންކާގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

Ads by Sosun Fihaara

މިއަދު އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވާފައިވާ ގޮޓަބަޔާ ރާއްޖެ އައިސްފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. ވެރިކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން ގޮޓަބަޔާ ޤައުމުން ފިއްލަވާފައިވަނީ، ލަންކާގެ ޤާނޫނު އޮންނަ ގޮތުން ވެރިޔަކު ހައްޔަރު ކުރުމަކީ ކުރެވޭނެ ކަމެއް ނުވާތީ ކަމަށް ބެލެވެއެވެ.

މިކަމާ ގުޅިގެން ސްރީލަންކާގައި އަނެއްކާ ވެސް ވަނީ މުޒާހަރާ ފަށައިފައެވެ. އެގޮތުން ރިޔާސީ ގަނޑުވަރު ކައިރިއަށް އާންމުން އެއްވެ އަންަނނީ ރާއްޖެއާ މެދު ނުރުހުން ފާޅުކުރަމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މުޒާހަރާގައި އަންނަނީ ގޮތަބާޔާ އަނބުރާ ގައުމަށް ފޮނުވާލުމަށް ގޮވަމުންނެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޮޓަބަޔާ ރާއްޖެ ވަޑައިގަތް ވަގުތު އޭނާއަށް މަރުޙަބާ ދެންނެވުމަށް ރައީސް ނަޝީދު ވަނީ އެއަޕޯޓަށް ވަޑައިގެންފައެވެ.

މިކަމާ ގުޅިގެން ނަޝީދަށް ފާޑުކިޔުން އަމާޒުވެފައިވީ ނަމަވެސް, ރަސްމީކޮށް އެއްވެސް އެއްޗެއް ވިދާޅުވެފައިނުވެއެވެ. އެހެންނަމަވެސް މަޖިލީހުން ވަނީ އެކަމަކީ އެ އިދާރާއަށް އެނގިގެން ހިނގި ކަމެއް ނޫން ކަމަށް ބުނެފައެވެ.

ގޮޓާބަޔަ ރާއްޖެ ވަޑައިގަތް މައްސަލައިގައި ދިވެހި ސަރުކާރު އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

Ads by Ooredoo
  1. މޯލްޑިވްސް

    ލަންކާ މީހުން ހީނުކުރާތި މުޒާހަރާ ކޮށްގެން ހުރިހާ ކަމެއް ވާނެޔޭ. ލޮްލް