ޚަބަރު

ލަންކާގެ ރައްޔިތުންނަށް މާލޭގައި އަޑު އުފުލުމުގެ ފުރުސަތެއް ނުދިން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ލަންކާއިން ފިލައިގެން ރޭ ދަންވަރުގެ ވަގުތެއްގައި ރާއްޖެ އައި ލަންކާގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސައާ ދެކޮޅަށް މިއަދު މާލޭގައި ކުރިޔަށް ގެންދިޔަ ހަރަކާތަށް ފުލުހުން ހުރަސް ހަޅައިފިއެވެ.

Ads by Sosun Fihaara

މިއަދު ކާނިވަލު ސަރަހައްދުގައި 3:30ގައި ފެށި މުޒާހަރާ ފެށިތާ ކުޑައިރުކެޅެއްގެ ތެރޭގައި ފުލުހުންވަނީ މުޒާހަރާ ބައިވެރިންނަށް ހުރަސްހަޅާފައެވެ. އަދި މުޒާހަރާގެ ބައިވެރިން ޚިޔާލުފާޅު ކުރަން ގެންގުޅުނު ބެނާތަކާއި، ލަންކާގެ ދިދަތައް ވެސް ފުލުހުން ވަނީ ގެންގޮސްފައެވެ.

މުޒާހަރާ ރޫޅާލުމަށް ގިނަ އަދަދެއްގެ ފުލުހުން ވަނީ ހަރަކާތްތެރިވެފައި.. ދެން އިމޭޖްސް

މުޒާހަރާގެ ބައިވެރިޔަކު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް މުޒާހަރާގެ ތެރެއިން އެއްވެސް ވަރަކަށް ހަމަނުޖެހުން ފެނިގެން ގޮސްފައެއް ނުވެއެވެ.

މިއަދުގެ މުޒާހަރާއަކީ ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ، ރޭގެ ވަގުތެއްގައި ޤައުމުން ފިއްލަވައިގެން ރާއްޖެއަށް އައުމާ ގުޅިގެން އޭނާ އަނބުރާ ޤައުމަށް ފޮނުވާލުމަށް ގޮވާލާ ބޭއްވި މުޒާހަރާއެކެވެ.

މިއަދު އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވާފައިވާ ގޮޓަބަޔާ ރާއްޖެ އައިސްފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. ވެރިކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން ގޮޓަބަޔާ ޤައުމުން ފިއްލަވާފައިވަނީ، ލަންކާގެ ޤާނޫނު އޮންނަ ގޮތުން ވެރިޔަކު ހައްޔަރު ކުރުމަކީ ކުރެވޭނެ ކަމެއް ނުވާތީ ކަމަށް ބެލެވެއެވެ.

މިއަދުގެ މުޒާހަރާގެ ތެރެއިން

ގޮތަބާޔާ ރާއްޖެ ވަޑައިގަތުމާ ގުޅިގެން އެ ގައުމުގައި ވެސް އަންނަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާގައި އަންނަނީ ގޮތަބާޔާ އަނބުރާ ގައުމަށް ފޮނުވާލުމަށް ގޮވަމުންނެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޮޓަބަޔާ ރާއްޖެ ވަޑައިގަތް ވަގުތު އޭނާއަށް މަރުޙަބާ ދެންނެވުމަށް ރައީސް ނަޝީދު ވަނީ އެއަޕޯޓަށް ވަޑައިގެންފައެވެ.

މިކަމާ ގުޅިގެން ނަޝީދަށް ފާޑުކިޔުން އަމާޒުވެފައިވީ ނަމަވެސް, ރަސްމީކޮށް އެއްވެސް އެއްޗެއް ވިދާޅުވެފައިނުވެއެވެ. އެހެންނަމަވެސް މަޖިލީހުން ވަނީ އެކަމަކީ އެ އިދާރާއަށް އެނގިގެން ހިނގި ކަމެއް ނޫން ކަމަށް ބުނެފައެވެ.

ގޮޓާބަޔަ ރާއްޖެ ވަޑައިގަތް މައްސަލައިގައި ދިވެހި ސަރުކާރު އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އެމަނިކުފާނު އިސްތިއުފާ ދެއްވާނެ ކަމަށް ބެލެވެނީ ހިމާޔަތް ހޯއްދަވާ ގައުމަށް ވަޑައިގަތުމަށްފަހުގަ އެވެ. އަދި ރާއްޖެ ވަޑައިގެން ހުންނެވީ ޓްރާންސިޓެއްގެ ގޮތުގަ އެވެ. އަދި ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ސިންގަޕޫރަށް ކަމަށް ވެސް ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

Ads by HDC
  1. ގާދިރު

    ދޭކަން ނުޖެހޭ އެއީ ދިވެހިންނެތް ނޫން ބޭރު މީހުން

  2. ހޮރެން

    އަޑު އުފުލަން ގައުމަށް ފޮނުވާލާ، ދިވެހިންނަށް ވަޒީފާ ލިބޭނެއެންނު.