Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ގދ. އަތޮޅު ކައުންސިލް އެތްލެޓިކްސް ޗެމްޕިއަންޝިޕް ސެޕްޓެމްބަރު މަހުގެ 11ގައި

ގދ. އަތޮޅު ކައުންސިލް އެތްލެޓިކްސް ޗެމްޕިއަންޝިޕް ސެޕްޓެމްބަރު މަހުގެ 11ގައި

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން އިމްތިޒާމް ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެތްލެޓިކްސް މުބާރާތް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 18ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެެ.

ގދ. އަތޮޅު ކައުންސިލް އެތްލެޓިކްސް މުބާރާތް 2022 ރާވާ ހިންގުމަށް ހަވާލުކޮށްފައި ވަނީ ރައުހަތު ސްޕޯޓްސް ކްލަބާއެވެ. އެ ކްލަބާއެކު އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

މި އެއްބަސްވުމުގައި ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ އިދާރާގެ ސެކެޓްރީ ޖެނެރަލް އާދަމް ނަސީމްއެވެ. ރައުހަތު ސްޕޯޓް ކުލަބްގެ ފަރާތުން ސޮއި ކުރެއްވީ އެކްލަބްގެ ނައިބް ރައީސާ މަރިޔަމް އިނާޔާ ފާރޫގްއެވެ.

Advertisement
Ooredoo — Truecaller (box)

މި މުބާރާތުގައި ފަސް އުމުރުފުރާއަކުން ވާދަކުރާނެއެވެ. އެއީ 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށުގެ އިތުރުން 19 އަހަރުން ދަށުގެ އުމުރު ފުރާއެވެ.

ރައުހަތު ސްޕޯޓްސް ކްލަބުން މަޢުލޫމާތު ދިން ގޮތުގައި މި މުބާރާތުގައި ރާއްޖޭގެ އެތްލެޓިކްސްގެ އެންމެ މަތީ ފަންތީގެ ޓީމުތަކާއި އެތްލީޓުން ފެނިގެން ދާނެއެވެ. އަދި މި މުބާރާތް ކުރިއަށް ގެންދިއުމުގައި އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދާނެ ކަމަށް ވެސް އެ ކްލަބުން ބުންޏެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 11 އިން 15ވަނަ ދުވަހުގެ ނިޔަލަށް ތިނަދޫ ސްޓޭޑިއަމްގައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް