ޚަބަރު

ޓިކްޓޮކް ތަރި ޝިފާގެ ޕާސްޕޯޓް ހިފަހައްޓައިފި

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން

އެއް ޖިންސުން ގުޅުން ހިންގި ވީޑިއޯތަކެއް ލީކްވި، ޓިކްޓޮކް ތަރި މަރިޔަމް ޝިފާގެ ޕާސްޕޯޓް ކޯޓް އަމުރެއްގެ ދަށުން ހިފަހައްޓައިފިއެވެ.

Ads by STELCO

"ދެން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ޕާސްޕޯޓް ހިފަަހައްޓާފައިވަނީ މިއަދުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.

ޝިފާގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު އޭނާ ކަމަށް ބެލެވޭ މީހަކު އެއް ޖިންސުން ގުޅުން ހިންގި ވީޑިއޯތަކެއް މީސް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ، އޭނާއަށް ފިޔަވަޅު އަޅަން ވެސް އާންމުން ގޮވާލާފައިވެއެވެ.

އެހެންނަމަވެސް ޝިފާއަށް ފިޔަވަޅެއް އަޅާފައިނުވެއެވެ. އޭނާ ވަނީ އީދު ބަންދުގައި ޝޯ ދިނުމަށް ރަށްރަށަށް ދަތުރު ވެސް ކޮށްފައެވެ.

އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ ޝިފާގެ ޕާސްޕޯޓު ހިފެހެއްޓިއިރު، އެފަދަ ވީޑިއޯތަކެއް ދައުރުވުމާ ގުޅިގެން ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް)ގެ އިތުރުން އެ ބޭފުޅުންނާއެކު ޖިންސީ ގުޅުން ހިންގައި ބްލެކްމެއިލް ކުރި ކަމަށް ތުހުމަތުކުރާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްގެ ޕާސްޕޯޓު ވެސް ފުލުހުން ވަނީ ހިފަހައްޓާފައެވެ.

މި މައްސަލައިގައި އަލަމްގީރް ވަނީ އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ. ކޯޓު އަމުރެއްގެ ދަށުން އަލަމްގިރި ހައްޔަރުކުރީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ. އެއީ އޭނާ ދިރިއުޅޭ ގެސްޓު ހައުސްގައި ހުއްޓައެވެ.

ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތާއި ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަލަމްގިރީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ ފަސް ދުވަސް އިތުރުކޮށްފައެވެ.

 

Ads by Allied Insurance
  1. ހައިރާން ވެއްޖައިން

    ޝިފާ އެކަނި އެކަނި ކުރި ކަމެއްތަ އެއީ

  2. ޓަކި މޫނާ

    ޕާސްޕޯޓު ހިފެހެއްޓީމަ އެނިމުނީތަ؟

  3. ވާނުވާ

    ވީޑިއޯގަ ދެން ފެންނަ އަންހެން މީހާ ކޮބާ ..