ޚަބަރު

ގޮޓަބަޔާ އިސްތިއުފާއެއް ނުދިން، އަދި ވެސް ރާއްޖޭގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަަޕަކްސަ އިއްޔެ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އެކަން އަދިވެސް ނުކުރައްވާ ކަން ހާމަވެއްޖެއެވެ.

Ads by STELCO

ގޮޓަބަޔާ މި ވަގުތު ހުންނެވީ ރާއްޖޭގައެއެވެ. ރާއްޖެއަށް ގޮޓަބަޔާ ވަޑައިގެންފައިވަނީ ރޭ ނޫން ކުރީ ރޭގައެވެ. އަދި ރޭގެ ވަގުތެއްގައި ގޮޓަބަޔާ ސިންގަޕޫރަށް ފުރާ ވަޑައިގަންނަވާނެ ކަމަށް އަޑު ފެތުރުނު ކަމުގައި ވިޔަސް އަދި ވެސް އޭނާ ހުންނެވީ ރާއްޖޭގައެވެ. ގޮޓަބަޔާ ރާއްޖެއިން ސިންގަޕޫރަށް ވަޑައިގަތުމަށް ޕްރައިވެޓް ޖެޓެއް ހަމަޖައްސިދިނުމަށް ސަރުކާރުގައި އެދިފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

އިއްޔެ އިސްތިއުފާ ދެއްވާނެ ކަމަށް މީގެ ކުރިން ރައީސް ގޮޓަބަޔާ ވިދާޅުވި ނަމަވެސް، ލަންކާގެ ޕާލަމެންޓްގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދެނާ ވިދާޅުވި ގޮތުގައި ރޭ ދަންވަރު 12 ޖެހިއިރު ވެސް އިސްތިއުފާގެ ސިޓީއެއް ލިބިފައެއް ނުވެއެވެ.

ބެލެވޭ ގޮތުގައި ގޮޓަބަޔާއިސްތިއުފާ ދެއްވުން ފަސް ކުރެއްވީ ހިމާޔަތް ލިބިވަޑައިގަންނަވާނެ ފަދަ ތަނަކަށް ވަޑައިގެންނެވެންދެނެވެ.

ރައީސް ގޮޓަބަޔާ މި ވަގުތު ހުންނެވީ ސިފައިންގެ އަސްކަރީ ތަމްރީނުތައް ހިންގަމުން އަންނަ ގިރިފުށީގައި ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އަނެއްބައި ރިޕޯޓްތައް ބުނާ ގޮތުން އޭނާ ހުރީ އިރުފުށީ ރިސޯޓްގައެވެ.

ލަންކާގެ ރައީސަށް ރާއްޖެއިން ހިމާޔަތް ދިން ކަމަށް ބުނެ، އިއްޔެ މާލޭގައި ވަނީ މުޒާހަރާއެއް ވެސް ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!