ޚަބަރު

ގޮޓަބަޔާ ފުރާވަޑައިގަންނަވަނީ ޕްރަވެޓް ޖެޓްގައެއް ނޫން، ސައުދީ އެއަރލައިނުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ މިއަދު ރާއްޖެއިން ސިންގަޕޫރަށް ވަޑައިގަންނަވަނީ ޕްރައިވެޓް ޖެޓެއްގައި ނޫން ކަމަށް އިނގިއްޖެއެވެ.

Ads by STELCO

މައުލޫމާތު އެނގޭ ފަރާތަކުން "ދެން" އަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ، ގޮޓަބަޔާ މިއަދު ރާއްޖެއިން ސިންގަޕޫރަށް ފުރާ ވަޑައިގަނެވުމަށް ހަމަޖެހިފައިވަނީ ކޮމާޝަލް އެއަރލައިނެއްގައި ކަމަށެވެ.

އިންޑިއާގެ ބައެއް ނޫސްތަކުންވަނީ ގޮޓަބަޔާ ރާއްޖެއިން ފުރާ ވަޑައިގަންނަވަން، ރާއްޖޭގެ އެދުމަކަށް އިންޑިއާއިން ޕްރައިވެޓް ޖެޓެއް ފޮނުވާފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. ނަމަވެސް މިއީ ސައްޙަ މައުލޫމާތެއް ނޫން ކަމަށް މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވިއެވެ.

އެ ފަރާތުން ވިދާޅުވީ، ޕްރައިވެޓް ޖެޓެއްގައި ދަތުރުކުރައްވަން ނިންމަވާފައިވާ ކަމަށް ރިޕޯޓްތައް ބުނެފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ދަތުރުފުޅުގެ މައުލޫމާތު އޮޅުވާލެއްވުމަށް ޓަކައި ކަމަށެވެ.

މިހާރު ގޮޓަބަޔާ ހުންނެވީ އެއަރޕޯޓްގައި ކަމަށް ބައެއް މަސްދަތުތައް ބުނެއެވެ. އޭނާ ދަތުރު ކުރާ ސައުދީއެއާލައިން ދަތުރު ކުރަނީ މާލެ އިން މެލޭޝިޔާގެ ކުއަލަލަމްޕޫރަށް އަދި ކުއަލަލަމްޕޫރުން ސައުދީގެ ޖިއްދާ އަށެވެ. ސިންގަޕޫރަށް ފްލައިޓް މަޑު ކުރުމަށް އޭނާ އެ ޤައުމަށް އެތެރެވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

Ads by Allied Insurance
  1. މައިމޫން

    އެކި ފަހަރު އެކި އެތި. ބޯހަލާކު. އަޅެ ތިޔަ މީހަކު ރާއްޖެ އައިތަ؟

  2. ބެއާ

    ގޮޓަބެއާ އަނެއްކާ ހައްޖަށް ދަނީތަ؟
    މޮޅޭދޯ.

  3. މިވެރިން ރައްޔިތުންނަށް އިހުލާސްތެރިނަމަ މިހާލުގައިތޯ އުޅެންވީ، މިވެރިން ގެ ކަމަކީ ދައުލަތުގެ މާލިއްޔަތު ލޫޓުވައިގެން ކޮންމެސް އެހެން ޤައުމެއްގައި ދިރިއުޅުން ! މިގޮތަށް އުޅޭ ވެރިން ވަރަށް ގިނައިން އެބައުޅޭ !