ޚަބަރު

ގޯޓަބަޔާއަަށް އެއާޕޯޓުން އަލްވަދާޢު ކީ ރައީސް ނަޝީދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ސްރީލަންކާގެ ރައީސް ގޯޓާބަޔާ އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ

ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސަ ރާއްޖެއިން ފުރާވަޑައިގެންފިއެވެ.

Ads by Hajj Corporation

ގޯޓަބަޔާ ރާއްޖެ ވަޑައިގަތީ ބުދަ ދުވަހުގެރޭ އަސްކަރީ ފްލައިޓެއްގައެވެ.

''ދެން'' އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގޯޓަބަޔާ ރާއްޖެއިން އެނބުރި ފުރާވަޑައިގަތީ މިއަދު 11:15 ހާއިރުގައެވެ. އޭނާ އެނބުރި ވަޑައިގަތީ ސައޫދީ އެއާލައިންސްގެ ފްލައިޓެއްގައެވެ.

އޭނާ އެނބުރި ވަޑައިގަންނަވަނީ ސިންގަޕޫރަށް ކަމަށާއި އެ ގައުމުން އޭނާއަށް ހިމާޔަތްދޭނެކަމުގެ ޔަގީންކަންދީފައިވާކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

''ދެން'' އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގޯޓަބަޔާއަށް އަލްވަދާޢު ކިޔުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންފައެވެ. އެ ގޮތުން ހުޅުލޭ އައިލެންޑް ހޮޓެލްގައި ރައީސް ނަޝީދު ވަނީ ގޯޓަބަޔާއާއި ބައްދަލު ކުރައްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!