ޚަބަރު

ލަންކާގެ ސަރުކާރުގެ އެދުމަށް ގޮޓަބަޔާ ޓްރާންސިޓްވުމުގެ ހުއްދަ ދިނިން: ދިވެހި ސަރުކާރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ރާއްޖޭގައި ޓްރާންސިޓްވުމާއި ގުޅޭ ގޮތުން ދިވެހި ސަރުކާރުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފިއެވެ.

Ads by Hajj Corporation

33 ގަޑިއިރު ރާއްޖޭގައި ޓްރާންސިޓްވުމަށްފަހު ގޮޓަބަޔާ މިހާރުވަނީ ލަންކާއަށް ފުރާ ވަޑައިގެންފައެވެ.

ގޮޓަބަޔާ ރާއްޖޭގައި މަޑުކުރުމާއި ގުޅޭ ގޮތުން މީގެ ކުރިން ސަރުކާރުން ވާހަކަ ދައްކާފައެއް ނުވެއެވެ. ދިވެހި މީޑިއާތަކުންނާއި ބޭރުގެ މީޑިއާތަކުން ދިޔައީ ސަރުކާރުގެ ކޮމެންޓެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ރޭ ފޮރިންގް މިނިސްޓްރީން ނެރުނު ކުރު ބަޔާނެއްގައި ވިދާޅުވީ، ސްރީ ލަންކާގެ އަސްކަރީ މަތިންދާބޯޓެއްގައި އޭރު ވެރިކަމުގައި ހުންނެވި ރައީސް ގޮޓަބަޔާ އެތެރެވުމަށް ހުއްދަ ދީފައިވަނީ އެކަމަށް ރަސްމީކޮށް ލަންކާގެ ސަރުކާރުން އެދުމުން ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން އިތުރަށް މައުލޫމާތެއް ދީފައެއް ނުވެއެވެ.

ގޮޓަބަޔާ ރާއްޖެ ވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހު އެ ޤައުމުގައި މުޒާހަރާ ކުރަމުންދިޔަ ފަރާތްތަކުން އެމަނިކުފާނުގެ ގެކޮޅަށް ވަދެގަތުމުން ފިއްވަލައިގެން އުޅުއްވުމަށްފަހު، މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ފުރަތަމަ އުޅުއްވީ ފިއްލަވައިގެން ދުބާާއީއަށް ވަޑައިގަތުމަށެެވެ. ނަމަވެސް އެއާޕޯޓްގެ ސްޓާފުން އެކަމަށް ވަނީ ހުރަސް އަޅާފައެވެ.

ރައީސް ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ އެމަނިކުފާނުގެ ދެ ބޮޑީގާޑުންނާއި އަނބިކަނބަލުންނާއެކުގައެވެ. އެއަރޕޯޓުން އެމަނިކުފާނަށް ސެކިއުރިޓީ ދެއްވީ ސިފައިންނާއި ފުލުހުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!