Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ސިއްޙަތު

ކޮވިޑަށް ޕޮޒިޓިވްވާ ކުދިންގެ ޢަދަދު އިތުރުވެ, އައިޖީއެމްއެޗުގެ ކުޑަކުދިންގެ ވޯޑު ފުރިއްޖެ

ކޮވިޑަށް ޕޮޒިޓިވްވާ ކުދިންގެ ޢަދަދު އިތުރުވެ, އައިޖީއެމްއެޗުގެ ކުޑަކުދިންގެ ވޯޑު ފުރިއްޖެ

ކޮވިޑަށް ޕޮޒިޓިވްވާ ކުޑަކުދިންގެ ޢަދަދު އިތުރުވެ, އައިޖީއެމްއެޗުގެ ކުޑަކުދިންގެ ވޯޑު ފުރިފައިވާކަމަށް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަޙްމަދު ފައިޞަލް މިއަދު ވިދާޅުވެއްޖެއެވެ.

އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ޑރ.ފައިޞަލް މިއަދު ޓްވިޓާގައި ވިދާޅުވީ ކުޑަކުދިންނަށް ކޮވިޑު ޖެހޭ މިންވަރު ގިނަވެ, ކޮވިޑަށް ޕޮޒިޓިވްވެގެން އައިޖީއެމްއެޗުގެ ކުޑަކުދިންގެ ވޯޑު ފުރިފައިވާކަމަށާއި, ހުޅުމާލޭ ފެސިލިޓީއަށް ކުދިން ފޮނުވަން ވެސް ދެން ޖެހިދާނެ ކަމަށެވެ.

ނަމަވެސް އެޑްމިޓްކޮށްގެން ފަރުވާދެނީ ކިތައް ކުދިންނަށް ކަމާއި އެ ކުދިންގެ ހާލަތެއް ފައިޞަލް ހިއްސާއެއް ނުކުރައްވައެވެ.

Advertisement
Ooredoo — Truecaller (box)

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު, މި މަހުގެ 10 އިން 16 އަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 417 މީހުންނެވެ. އެއާއެކު މިހާތަނަށް ރާއްޖެއިން 183908 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް